Advertisement
ކ. މާލެ
|
6 ޖެނުއަރީ 2023 | ހުކުރު 12:15
ރައީސުލްޖުމްހޫރިއްޔާ މާކުރަތަށް ވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާ މާކުރަތަށް ވަޑައިގެންނެވުން
އެމްޑީޕީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ރައީސް ސާލިހުގެ ކެމްޕެއިން ދަތުރުފުޅުތައް ފައްޓަވައިފި
ކެމްޕެއިން ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ މާކުރަތަށް
އިންނަމާދޫ އަދި މީދޫއަށް މިއަދު ވަޑައިގަންނަވާނެ
ކެމްޕެއިން ޖަލްސާ މިރޭ މީދޫގައި އޮންނާނެ

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގެ ދަތުރުފުޅުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފައްޓަވައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ގައެވެ. ޕްރައިމަރީގެ ކެމްޕެއިން ދަތުރުފުޅުތައް ރައީސް ފެއްޓެވީ މާޅޮސްމަޑުލު އުތުރުބުރީ އަލިފުށްޓަށް ކުރެއްވި ދެދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ.

Advertisement

ކެމްޕެއިން ދަތުރުފުޅުތަަކުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އެމަނިކުފާނު ވަނީ ހުކުރު ދުވަހުގެ ހެނދުނު ރ. މާކުރަަތަށް ވަޑައިގެންފައެވެ. މާކުރަތު ބަނދަރުމަތިން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސް ވަނީ މާކުރަތުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އެމްޑީޕީން ބުނީ އެ ޕާޓީގެ މާކުރަތު މެންބަރުން ތިބީ އެ ޕާޓީ ކުރިއަށް ގޮސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ރ. އިންނަމާދޫ އަދި ރ. މީދޫއަށްވެސް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާނެއެވެ. އަދި މިރޭ މީދޫގައި ކެމްޕެއިން ޖަލްސާ ބާއްވަން ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް