Advertisement
ކ. މާލެ
|
4 ޖެނުއަރީ 2023 | ބުދަ 21:57
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
އެމްޑީޕީ
ރައީސް ސާލިޙުގެ ކެމްޕޭން
ﷲ ފިޔަވައި އެއްވެސް ފަރާތެއްގެ އަޅަކަށް ނުވާނަން: ރައީސް ސާލިޙު
އިންތިޚާބު ކާމިޔާބުކޮށް، ރައްޔިތުންގެ ވޯޓު ހޯދާނެ ފޯމިއުލާ އެނގިލައްވާކަމަށް ވިދާޅުވި
ހުރިހާ ކަމެއްވެސް ނިންމަވާނީ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދަވައިގެން ކަމަށް ވިދާޅުވި
ރައީސް ސާލިޙު ވިދާޅުވީ، އެމަނިކުފާނު ނުކުންނެވީ އެމްޑީޕީއާއެކު ކުރިއަށް ވަޑައިގަތުމަށް ކަމަށް

އެމަނިކުފާނަކީ މާތް ﷲ ފިޔަވައި އިތުރު އެއްވެސް ފަރާތެއްގެ އަޅެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

Advertisement

ބުދަ ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ކެމްޕޭން ޙަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ، އެމަނިކުފާނު ނުކުންނެވީ އެމްޑީޕީއާއެކު ކުރިއަށް ވަޑައިގަތުމަށް ކަމަށާއި، އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް ކަމަށެވެ.

އެއް އަހަރަކަށް ނޫން، ދެ އަހަރަކަށް ނޫން، ތިން އަހަރަކަށްވެސް ނޫން، 5 އަހަރަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

އެމަނިކުފާނު ނުކުންނެވީ ތަޖުރިބާތަކާއެކުކަން ފާހަގަ ކުރައްވައި ރައީސް ސާލިޙު ވިދާޅުވީ، ރައްޔިތުންގެ ވޯޓުން 6 އިންތިޚާބެއް އެމަނިކުފާނު ކާމިޔާބު ކުރައްވާފައިވާނެ ކަމަށެވެ. އިންތިޚާބު ކާމިޔާބުކޮށް، ރައްޔިތުންގެ ވޯޓު ހޯދާނެ ފޯމިއުލާ އެނގިވަޑައިގަންނަވާ ކަމަށާއި، ބޮޑު ތަނުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ޕްރައިމަރީވެސް ބޮޑުތަނުން ކާމިޔާބު ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު އެއްވެސް މީހެއްގެ އަޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ. އެމަނިކުފާނަކީ ހަމައެކަނި ﷲ ގެ އަޅެއްކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ހުރިހާ ކަމެއްވެސް ނިންމަވާނީ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދަވައިގެން ކަމަށެވެ. ހުރިހާ ކަމެއްވެސް ނިންމަވާނީ މަޝްވަރާގެ ދަށުން، އެންމެންގެ ވާހަކަވެސް އަޑުއައްސަވައިގެންކަން ރައީސް ސާލިޙު ފާހަގަ ކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، 2013 ވަނަ އަހަރު އެމްޑީޕީއަށް ލިބުނު ވޯޓާއެކުވެސް އިންތިޚާބު ކާމިޔާބު ނުކުރެވުނީ ކޯލިޝަން ރަނގަޅު ބައިވެރިން ނެތުމުން ކަމަށާއި، މިއީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

އަދިވެސް އެމްޑީޕީއަކީ އެންމެ ގިނަވޯޓު ނަގާ، އެންމެ ބޮޑު ޕާޓީ ކަމަށާއި، ނަމަވެސް މައިނޯރިޓީއަށްވެސް ވިސްނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުގެ މަތިން ކުދި ޕާޓީތަކުގެ ރައްޔިތުންގެ ވިސްނުންވެސް ބަލަންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް