Advertisement
ކ. މާލެ
|
4 ޖެނުއަރީ 2023 | ބުދަ 12:39
ސަވާދީއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލުމަށްފަހު އެކި އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި
ސަވާދީއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލުމަށްފަހު އެކި އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި
ސަވާދީއްތަ ދަތުރު
ސަވާދީއްތަ ދަތުރު
މަޓީ އިން ސަވާދީއްތަ ދަތުރު އެންޑޯޒްކޮށްފި
މިއަހަރުގެ ސަވާދީއްތަ ދަތުރު އޮންނާނީ މަރޗް 1-18 އަށް

ލޯކަލް ޓޫރިޒަމަށް ހާއްސަކޮށްގެން މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށްގެންދާ ޔޮޓް ރެލީ، "ސަވާދީއްތަ ދަތުރު" ގެ ދެވަނަ އެޑިޝަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެންޑޯޒްކޮށްފިއެވެ.

މަޓީން މި ހަރަކާތް އެންޑޯޒް ކޮށްފައިވާކަން އިއުލާން ކޮށްފައިވަނީ އަންގާރަ ދުވަހު ކުރި ޓްވީޓެއްގައެވެ. އެ ޓްވީޓަށް ރައްދު ދެއްވައި އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ރާއީދު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ޖަމިއްޔާއަށް ވެފައި މަޓީއިން އެ ހަރަކާތް އެންޑޯޒު ކުރީތީ ޝުކުރު އަދާާ ކުރައްވާފައެވެ.

މިއަހަރުގެ މަރޗް މަހު ބާއްވަން ތާވަލު ކޮށްފައިވާ ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ތައާރަފު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ. މި ހަރަކާތް ތައާރަފު ކުރައްވައި ރާއިދު ވިދާޅުވީ ސަވާދީއްތަ ދަތުރަކީ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ބަަލައިގެންފައިވާ މުހިންމު ދަތުރެއް ކަމަށެވެ. އަދި މާރޗް މަހު މި ދަތުރުތައް ބޭއްވުމަށް ނިންމީ މޫސުމަށް ބަލާފައި ކަމަށާއި އެ މަހަކީ މޫސުމީ ކަންކަަމަށް ބަލާއިރު އެންމެ ގިނަ ޔޮޓްތައް ރާއްޖެއަށް ބަނދަރު ކުރާ މުއްދަތު ކަމަށެވެ. ސަވާދީއްތަ ޕާސްޕޯޓަކީ ވެސް ފަތުރުވެރިންގެ ޝައުޤުވެރިކަން އިތުރުވިކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަންގެ ކަންކަން މިހާރު ކުރިއަށްދާއިރު އެ ހަރަކާތް ކުރިއަށްގެންދަން ނިންމާފައިވާ ރަށްތަކުގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަން ރާއިދު ފާހަގަކުރެއްވިއެވެ. އެގޮތުން، ނ. އަތޮޅުން އަރިއަތޮޅާ ހަމައަށް މީހުން ދިރިއުޅޭ 9 ރަށަކަށާއި 2 ފަޅުރަކަށް ޔޮޓުތައް ދަތުރުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއިދު ވިދާޅުވީ ފަޅު ރަށްތަކަަށް ދަނީ ކޭމްޕް ކުރާ ގޮތަށް ކަމަށާއި ފުރަތަމަ އެޑިޝަން އައި އެއްގޮތަށް، ގާލާ ނައިޓް ބާއްވާނީ ރިސޯޓެއްގައި ކަމަށެވެ.

މިއަހަރުގެ ސަވާދީއްތަ ދަތުރު އޮންނާނީ މަރޗް 1-18 އަށެވެ. މި ދަތުރު ފަށަން ނިންމާފައިވަނީ ނ. ލަންދޫއިންނެވެ

ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަން ގައި ޔޮޓުތައް ދަތުރުކޮށްފައިވަނީ ހއ. އިން ފެށިގެން ނ. އަތޮޅާ ހަމައަށެވެ. މި ދަތުރުގެ ޑޮކިއުމެންޓްރީއެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު މީގެ ސަބަބުން އެ ދަތުރުގެ ބައިވެރިން ދިޔަ ރަށްތައް ވަރަށް ބޮޑަށް އިޝްތިހާރުވެގެންދާނެ ކަމަށް އެމްއައިޓީޑީސީ އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް