Advertisement
ކ. މާލެ
|
4 ޖެނުއަރީ 2023 | ބުދަ 11:18
ރައީސުލްޖުމްހޫރިއްޔާ ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ރައީސް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕޭން ހަރަކާތް މިރޭ
މި ހަރަކާތް ފަށާނީ މިރޭ 9:00 އެމްޑީޕީ މައި ހަރުގޭގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕޭން ހަރަކާތް މިރޭ ބާއްވަން ތާވަލުކޮށްފިއެވެ.

އެމަނިކުފާނުގެ ކެމްޕޭން ޓީމުން ބުނެފައިވާ ގޮތުގައި "ކުރިއަށް" ގެ ނަމުގައި ބާއްވާ މި ހަރަކާތް އޮންނާނީ މިރޭ އެމްޑިޕީ މައި ހަރުގޭގައެވެ. މި ހަރަކާތް ފަށާނީ މިރޭ 9:00 ގައެވެ.

މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއުލާން ކުރި ފަހުން ރަސްމީކޮށް ކެމްޕޭން ހަރަކާތެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެހެންކަމުން އެމަނިކުފާނަށް ތާއީދު ކުރައްވާ އެންމެހާ ފަރާތްތަކަށް ވަނީ މި ހަރަކާތަށް ދައުވަތު އަރުވާފައެވެ.

Advertisement

މި މަހުގެ 28ގައި ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ރައީސް ޞާލިހާ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއެވެ. ދެ ބޭފުޅުން ވެސް ގެންދަވަނީ ފޯރިއާއެކު ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ.

އެމްޑީޕީން ވަނީ ރިޔާސީ އިންތިޚާބަށް ތައްޔަރުވުމަށް ބާއްވާ ޕްރައިމަރީއަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި އެ ޕާޓީގެ ޕްރައިމަރީގައި ވޯޓު ލެވޭނެ މީހުންގެ ދާއިމީ ލިސްޓުވެސް އާއްމުކޮށްފައެވެ. މި އިންތިޚާބުގައި ވޯޓު ލެވޭނީ އެމްޑީޕީގެ 57،255 މެމްބަރުންނަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް