Advertisement
ކ. މާލެ
|
3 ޖެނުއަރީ 2023 | އަންގާރަ 18:16
އެމްޑީޕީގެ އިންތިޚާބާބެހޭ ކޮމިޓީގެ މެމްބަރުން
އެމްޑީޕީގެ އިންތިޚާބާބެހޭ ކޮމިޓީގެ މެމްބަރުން
އެމްޑީޕީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނީ 57،255 މެމްބަރުންނަށް
މިއީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ އެ ޕާޓީގެ މެމްބަރުންގެ ލިސްޓަށް ބަލައި، ނެރެފައިވާ ދާއިމީ ލިސްޓެއް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓު އެ ޕާޓީން އާއްމުކޮށްފިއެވެ.

އަންގާރަ ދުވަހު އާއްމުކުރި އެ ލިސްޓުން ދައްކާ ގޮތުގައި މިފަހަރު ޕްރައިމަރީ އިންތިޚާބުގައި ވޯޓު ލެވޭނީ އެ ޕާޓީގެ 57،255 މެމްބަރުންނަށެވެ. މިއީ އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ރަޖިސްޓްރީ ކޮށްފައިވާ އެ ޕާޓީގެ މެމްބަރުންގެ ލިސްޓަށް ބަލައި ނެރެފައިވާ ދާއިމީ ލިސްޓެކެވެ.

އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބަށް ޚާއްސަކޮށްގެން ނެގި ކޮމިޓީގެ މެމްބަރު އިބްރާހީމް ވަހީދު (އިބުރޭ) "ރާއްޖެ އެމްވީ"އަށް ވިދާޅުވީ، އީސީން ދިން ލިސްޓުގައި 57،258 މެމްބަރުންގެ ނަން ހިމެނޭ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ތިން ނަމެއް ދާއިމީ ލިސްޓުން އުނިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

އިބުރޭ ވިދާޅުވިގޮތުގައި ދާއިމީ ލިސްޓުން ދެ މީހަކު އުނިކޮށްފައިވަނީ އެ ދެ މީހުން ނިޔާވެފައިވާތީއެވެ. އެކަން ސާބިތުކުރަން މަރުގެ ލިޔުންވެސް ޕާޓީއަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ތިންވަނަ މީހާގެ ނަން އުނިކޮށްފައިވަނީ އޭނާ އަމިއްލައަށް އެކަމަށް އެދިގެން ކަމަށް އިބުރޭ ފާހަގަކުރެއްވިއެވެ. އެގޮތުން، 2021 ވަނަ އަހަރު ޕާޓީން ވަކިކޮށްދިނުމަށް އޭނާ އެދުނުނަމަވެސް ވަކިނުކޮށް އޮތް ކަމަށާއި، މިފަހަރުގެ ވަގުތީ ލިސްޓުގައި ނަން ހިމެނުމުން އަނެއްކާވެސް އީމެއިލްގެ ޒަރީއާއިން ވަކިކޮށްދޭން އެދުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައި ވާއިރު މި އިންތިޚާބުގައި ވާދަކުރައްވަނީ އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއެވެ. ދެ ބޭފުޅުންގެ ކެންޑިޑޭޓް ނަންބަރުވެސް މިހާރު ވަނީ ފައިނަލް ވެފައެވެ. އެގޮތުން. ކެންޑިޑޭޓް ނަންބަރު 1 ރައީސް ނަޝީދަށް ލިބިވަޑައިގެންނެވިއިރު ރައީސް ސާލިހަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަންބަރު 2ވެ.

ދެ ބޭފުޅުންވެސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކެމްޕޭން ފަށާވައިވާއިރު ދެ ބޭފުޅުންވެސް ގެންދަވަނީ "ބޮޑުތަނުން" އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް