ކ. މާލެ
|
2 ޖެނުއަރީ 2023 | ހޯމަ 13:42
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ މަޤާމުގެ ހުވާ ކުރެއްވުން
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ މަޤާމުގެ ހުވާ ކުރެއްވުން
ބީބީސީ
ބްރެޒިލްގެ އައު ރައީސް ލޫލާ
ބްރެޒިލްގެ އައު ރައީސް ލޫލާ މަޤާމުގެ ހުވާކުރައްވައިފި
ލޫލާ މަޤާމުގެ ހުވާ ކުރައްވާފައިވަނީ ހޯމަ ދުވަހު
ފުރަތަމަ ސްޕީޗުގައި ލޫލާ ވަނީ ޤައުމު އަލުން އާރާސްތު ކުރައްވާނެކަމަށް ވިދާޅުވެފައި
ސަލާން ޖަހަން ތިބޭ މީހުންނަށް އެހީވެދެއްވާނެ ކަމުގެ ވާހަކަފުޅާއެކު ލޫލާ ވަނީ ކީރިތިވެސް ކުރައްވާފައި

ބްރެޒިލްގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ކާމިޔާބީ ހޯއްދެވި ވޯކާސް ޕާޓީގެ ކެނޑިޑޭޓް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ ރައީސް ކަމުގެ ހުވާ ކުރައްވައިފިއެވެ.

މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން ރައީސްކަން ކުރައްވާފައިވާ ލޫލާ މަޤާމުގެ ހުވާ ކުރައްވާފައިވަނީ ހޯމަ ދުވަހުއެވެ. އެގޮތުން ހުވާ ކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ސްޕީޗުގައި ލޫލާ ވަނީ ޤައުމު އަލުން އާރާސްތު ކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

އޭގެ އިތުރުން، މަގުތަކުގައާއި، ޓްރެފިކް ލައިޓުތަކުގައި ސަލާން ޖަހަން ތިބޭ މީހުންނަށް އެހީވެދެއްވާނެ ކަމުގެ ވާހަކަފުޅާއެކު ލޫލާ ވަނީ ކީރިތިވެސް ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ބްރެޒިލްގެ ކުރީގެ ރައީސް ޚައިރް ބޮލްސޮނާރޯ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެގޮތުން ހުކުރު ދުވަހު ބޮލްސޮނާރޯ ވަނީ އެމެރިކާއަށް ފުރާވަޑައިގެންފައެވެ.

ލޫލާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބަލާލުމަށް ގިނަ ބަޔަކު އެއްވިއެވެ. އަދި ގޮންގްރެސް އިމާރާތުގައި ލޫލާ ހުވާ ކުރެއްވުމަށްފަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި 60ށް ވުރެ ގިނަ ފަންނާނުންގެ ހުށައެޅުންތައް ހުށައެޅުން އޮތެވެ.

ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސަލާމަތީ ބާރުތަކުގެ 8000ށް ވުރެ ގިނަ އޮފިސަރުން ޙަރަކާތްތެރިވެފައިވެއެވެ.

ބްރެޒިލްގެ ސްޕީރިއަރ އިލެކްޓޯރަލް ޓްރައިބިއުނަލް އިން އާންމުކޮށްފައިވާގޮތުން ލޫލާއަށް އިންތިހާބުގައި ލިބިވަޑައިގަންނަވާފައި ވަނީ 50.88 އިންސައްތަ ވޯޓެވެ. އަދި ބޮލްސޮނާރޯއަށް 49.12 އިންސައްތަ ވޯޓް ވަނީ ލިބިވަޑައިގަންނަވާފައެވެ.

މިއީ ބްރެޒިލްގެ ތާރީހުގައިވެސް މިހާ ކުޑަ ފަރަގެއްގެ ތަފާތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކެންޑިޑޭޓަކު ކާމިޔާބުކުރެއްވި ފުރަތަމަ ފަހަރެވެ.

އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު ކުރިއަށްދިޔަ އިންތިހާބުގެ ފުރަތަމަ ބުރުގައި ލޫލާއަށް ލިބިވަޑައިގަތީ 48.3 އިންސައްތަ ވޯޓެވެ. އަދި ބޮލްސޮނާރޯއަށް ލިބިވަޑައިގަތީ 43.2 އިންސައްތަ ވޯޓެވެ.

- ކޮމެންޓް