ކ. މާލެ
|
31 ޑިސެންބަރ 2022 | ހޮނިހިރު 21:46
އައްޑޫގައި ބަހައްޓާފައިވާ ބަސް ސްޓޮޕްތަކެއް
އައްޑޫގައި ބަހައްޓާފައިވާ ބަސް ސްޓޮޕްތަކެއް
އެމްޓީސީސީ
އެމްޓީސީސީ
އައްޑޫގައި ބަސް ސްޓޮޕް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށައިފި
އައްޑޫގައި 21 ބަސް ސްޓޮޕް ބަހައްޓާނެ

އައްޑޫ ސިޓީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބަސް ސްޓޮޕްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި އައްޑޫ ސިޓީ ހިތަދޫގައި މިހާރު ވަނީ ބަސް ސްޓޮޕްތައް ގާއިމްކޮށްފައެވެ. އެގޮތުން މި ބަސް ސްޓޮޕް ގާއިމްކޮށްފައިވަނީ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައެވެ.

އެމްޓީސީސީން ބުނެފައިވާގޮތުގައި އައްޑޫ ސިޓީގައި މިފަދަ 21 ބަސް ސްޓޮފް ބަހައްޓާނެއެވެ. މިއީ ބަސް ދަތުރުކުރާ ފަރާތްތަކަށް ބަހުގެ އިންތިޒާރުކުރަން ތިބޭ ވަގުތުގައި އިށީނދެގެން ތިބެވޭގޮތަށް ހިޔާކޮށްފައި ހަދާފައިވާ ބަސް ސްޓޮޕްތަކެކެވެ.

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން ދެމުން އަންނަ ބަހުގެ ޚިދުމަތް އައްޑޫ ސިޓީގައި ފެށީ މި އަހަރުގެ ޖުލައި މަހުގެ 31ގައެވެ. އެ ސިޓީގެ ގިނަ ބަޔަކު ދަނީ މިޚިދުމަތް ހޯދަމުންނެވެ.

އައްޑޫގެ އިތުރުން ފުވައްމުލަކާއި ލ އަތޮޅުގައިވެސް އެމްޓީސީސީން މިހާރު އަންނަނީ ބަސް ސްޓޮޕްތައް ގާއިމްކުރުމުގެ މަސައްކަތްކުރަމުންނެވެ. އަދި މާލޭގައިވެސް ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްޓީސީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

- ކޮމެންޓް