ކ. މާލެ
|
31 ޑިސެންބަރ 2022 | ހޮނިހިރު 14:54
އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާއި، ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާއި، ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
ރާއްޖެއެމްވީ
ޖިންސީ ގޯނާ
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށް
 
ދައުވާލިބޭ ފަރާތުން 2 ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވޭ
 
ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅުއްވީ ޤާޟީ އަލްއުސްތާޛު އާދަމް މުޙައްމަދު

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މާލޭގައި ހިނގި މި ޙާދިސާއާ ގުޅިގެން އުފުލި ދައުވާގައި ބުނެފައިވަނީ، 2018 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން ދައުވާލިބޭ ފަރާތުން 2 ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ ދިރިއުޅޭ ކޮޓަރީގައި ނިދަމުން ދިޔަ ދުވަސްތަކުގައި ޖިންސީ ގޯނާ ކޮށްފައިވާކަން އެނގެން އޮންނަކަމަށް ޙުކުމުގައި ބަޔާން ކޮށްފައިވެއެވެ.

އެ ދައުވާއަށް ޝަރީޢަތުގެ މަޖިލީހުގައި އިންކާރު ކުރިނަމަވެސް، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ހެކި ޤަރީނާއަށް ބަލާއިރު، މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ މައްސަލައެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެކަމަށް ވަނީ ނިންމާފައެވެ.

މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން އޭނާ 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ޙުކުމް ކުރައްވާފައެވެ.

މި ޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅުއްވީ ޤާޟީ އަލްއުސްތާޛު އާދަމް މުޙައްމަދުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިޖުތިމާއީ މިންގަނޑާ ޚިލާފަށް ޓިކްޓޮކްގައި ވީޑިއޯ އާންމުކުރަމުންދިޔަ ނަބީލްގެ ބަންދަށް އިތުރު 15 ދުވަސް
ނަތަންޔާހޫ އާއި އޭނާގެ ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އުޅޭތީ އެމެރިކާގެ ރައީސް ކޯފާވެއްޖެ
ބައްސާމަށް ކުށް ސާބިތުނުވަނީސް އޭނާ ކުށްވެރިއަކަށް ހަދައި ވާހަކަނުދެއްކުމަށް ކޯޓުން އަންގައިފި
ޝަރީއަތް ނިމެންދެން ބައްސާމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކޮށްފި
4 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި