ކ. މާލެ
|
31 ޑިސެންބަރ 2022 | ހޮނިހިރު 07:50
ބެންޒިމާ ޓީމްގެ އެހެން ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ
ބެންޒިމާ ޓީމްގެ އެހެން ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ
ރޮއިޓާސް
ސްޕެނިޝް ލަލީގާ
ވަރލްޑްކަޕަށްފަހު ރެއާލް ކުޅުނު ފުރަތަމަ މެޗުން މޮޅުކޮށްދިނީ ބެންޒިމާ
 
ބެންޒިމާ ދެ ލަނޑު ޖެހީ ހަތް މިނިޓްގެ ތެރޭގައި

ވަރލްޑްކަޕަށްފަހު ޗެމްޕިއަން ރެއާލް މެޑްރިޑް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ކެޕްޓަން ބެންޒިމާ ޓީމް މޮޅުކޮށްދީފިއެވެ.

އަނިޔާގެ ސަބަބުންނާއި, ކޯޗާ ޖެހުނު މައްސަލައެއްގެ ސަބަބުން ވަރލްޑްކަޕްގެ ފައިނަލްގައި ވާދަކުރި ފްރާންސް ޓީމުން ފަހުވަގުތު ފުރުޞަތު ގެއްލުނު ބެންޒިމާ ރެއާލް މޮޅުކޮށްދިނީ ފަހު ހަތް މިނިޓްގެ ތެރޭގައި ރެއާލް ވަލޮޑޮލިޑް ކޮޅަށް ދެ ގޯލް ޖަހައިގެންނެވެ. ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވާ ބެންޒިމާ ފުރަތަމަ ގޯލް ޖެހީ 83 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ދިނީ އޭރިޔާ ތެރެއިން ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުންނެވެ. އެޕެނަލްޓީ ދިމުމުގެ ކުރިން ރެއާލް ވަލޮޑޮލިޑްގެ ލެއޯންއަށް ރެފްރީ ރަތްކާޑް ދައްކާފައިވާތީ އެޓީމުން މެޗު ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުއެވެ. ބެންޒިމާ ދެވަނަ ލަނޑު ޖެހީ ކަމަވިންގާ ތަނަވަސްކޮށްދިން ފުރުޞަތަކުން މެޗުގެ ފަހު މިނިޓްގައެވެ.

މިމޮޅާއެކު ރެއާލް ވަނީ ޕޮއިންޓެއްގެ ފަރަގަކާއެކު ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. އެކަމަކު އެއީ ބާސެލޯނާއަށްވުރެ އިތުރަށް މެޗެއް ކުޅެގެންނެވެ. ތިންވަނާގައި އޮތީ ވަރލްޑްކަޕަށްފަހު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރި އެތްލެޓިކޯ މެޑްރިޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް