Advertisement
ކ. މާލެ
|
30 ޑިސެންބަރ 2022 | ހުކުރު 18:31
ހަސަން ލަތީފް
ހަސަން ލަތީފް
ރައްޔިތުންގެ މަޖިލިސް
އެމްޑީޕީގެ ޕްރައިމަރީ
އެމްޑީޕީގެ ޕްރައިމަރީގައި ޝަކުވާ ހުށަހަޅަން ދިން ފުރުސަތު ހަނި، މުއްދަތު އިތުރުކުރަން ގޮވާލަން: ހަސަން ލަތީފް
ޕްރައިމަރީގައި 57،714 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ
ޝަކުވާ ހުށަހެޅުމަށް ކުރު މުއްދަތެއް ދިނުމުން އާއްމުންނަށް ދަތިވާ ކަަމަށް ހަސަން ވިދާޅުވި

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ ވޯޓަރސް ލިސްޓާއި މެދު ޝަކުވާ ހުށަހަޅަން ދިނީ އެންމެ އެކަށީގެންވާ މުއްދަތެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާރޕަރސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ޕާޓީން ބާއްވާ ޕްރައިމަރީގައި 57،000ށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭކަމަށް ބުނެފައެވެ. އެމްޑީޕީން ހާމަކުރި ވޯޓަރސް ލިސްޓުގައިވާ ގޮތުން 57،714 މީހުންނަށް ވޯޓުލެވޭނެއެވެ. އަދި އެ ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، އަންނަ އާދިއްތަ ދުވަހު 4:00އާ ހަމައަށް ޝަކުވާ ހުށަހެޅޭނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ހަސަން ވިދާޅުވީ އާ އަހަރާއި ދިމާކޮށް އެފަދަ ކުރު މުއްދަތެއް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި ޝަކުވާ ހުށަހަޅަން އިތުރު މުއްދަތެއް ދިނުން އެދޭކަމަށެވެ.

އޭނާ ވިދާޅުވީ ވޯޓަރސް ލިސްޓް ރައީސް ނަޝީދާއި ހިއްސާކުރި އިރު އަމަލުކުރީ ކުރިން އަމަލުކުރާ އުސޫލުތަކާއި ވަރަށް ބޮޑަށް ތަފާތުކޮށް ކަަމަށެވެ. ވޯޓަރސް ލިސްޓުގެ މެމްބަރުންގެ އައިޑީކާޑު ނަމްބަރު ނެތުމުން ވަރަށް ބޮޑަށް ދަތިވާ ކަަމަށް ހަސަން ވިދާޅުވިއެވެ. ޕާޓީ އިން އެ ލިސްޓުގައި އައިޑީކާޑު ނަމްބަރު ނެތީ އިލެކްޝަންސް އިން އެ ލިސްޓު ދިން އިރު އައިޑީކާޑު ނަމްބަރު ނެތުމުން ކަމަށް ބުނި ނަމަވެސް އިލެކްޝަނުން އެކަން ދޮގުކުރާ ކަމަށް ހަސަންލަތީފް ވަނީ ވިދާޅުވެފައެވެ.

Advertisement

ހަސަން ލަތީފް ވަނީ، އެމްޑީޕީގެ ދަފްތަރުން 39000 މެމްބަރުން ވަކިކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ އަސްލު އެމްޑީޕީ މެމްބަރުންކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެ ފަރާތްތަކުގެ ތެރޭގައި ގިނައީ ރައީސް ނަޝީދަށް ކުރިއަށް އޮތް ޕްރައިމަރީގައި ވޯޓުލާން ތިބި ފަރާތްތައް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މިހާރު އެމްޑީޕީގައި ތިބި މީހުންގެ ތެރޭގައި، ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތްފަހުން އެމްޑީޕީއާ ގުޅުނު މީހުން ގިނަ ކަަމަށާއި، ޕާޓީގައި ކުރިން ތިބި މީހުން ވަކިކުރީ ގަސްދުގައި ރައީސް ނަޝީދަށް އޮތް ތާއީދު ފަނޑުކޮށްލުމަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ވަކި ކުރި މެމްބަރުންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ރައީސް ނަޝީދަށް ތާއީދުކުރާ މީހުންކަން ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ކުރި ދިރާސާއަކުން ދައްކާ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ވަކި ކުރި 39000 މީހުންނަށް އަލުން ޕާޓީ އާއި ގުޅިގެން ވެސް ޕްރައިމަރީގައި ވޯޓުލުމަށް ފުރުސަތު ނުލިބޭ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް