Advertisement
ކ. މާލެ
|
26 ޑިސެންބަރ 2022 | ހޯމަ 11:23
ރައީސް ކޮޅުފުއްޓަށް ވަޑައިގެންނެވުން
ރައީސް ކޮޅުފުއްޓަށް ވަޑައިގެންނެވުން
ރައީސް އޮފީސް
އެއްބައިވަންތަކަމުގެ ދުވަސް
އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސްގެ ދެ ކަނބަލުން ކޮޅުފުއްޓަށް
ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ އިފްތިތާހުކޮށްދެއްވި

މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، މުލަކަތޮޅު ކޮޅުފުށީގައި ބާއްވާ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވަޑައިގެންވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކޮޅުފުއްޓަށް ވަޑައިގަންނަވައިފިއެވެ.

މިދަތުރުފުޅުގައި، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވުމުގެ އިތުރުން، އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

Advertisement

ކޮޅުފުއްޓަކީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި ބޮޑެތި ގެއްލުންތަކެއްވި ރަށެކެވެ. އެރަށުން 14 މީހުން ނިޔާވިއެވެ.

މީގެ އިތުރުންވެސް މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ކޮޅުފުށީ ކައުންސިލާ، އ.ތ.މ ކޮމިޓީއާ ވެސް ބައްދަލު ކުރައްވާނެއެވެ. އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކޮޅުފުށްޓަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ހޯމަ ދުވަހުގެ ހަވީރު މާލެ ވަޑައިގަންނަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް