ކ. މާލެ
|
23 ޑިސެންބަރ 2022 | ހުކުރު 23:04
ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އައްބާސް އާދިލް ރިޒާއަށް، ރައީސް ޔާމީނުގެ ދައުރުގައި ފަތްކޮޅު އަރުވަނީ
ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އައްބާސް އާދިލް ރިޒާއަށް، ރައީސް ޔާމީނުގެ ދައުރުގައި ފަތްކޮޅު އަރުވަނީ
ރައީސް އޮފީސް
އިންޑިއާ ހައިކޮމިޝަން ރޯކޮށްލަން ގޮވާލުން
އައްބާސް އާދިލް ރިޒާ، އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަން ޕާޓީތަކުން ގޮވާލައިފި
އައްބާސް އާދިލް ރިޒާ ކުރެއްވި ޓްވީޓެއްގައި ގޮވާލައްވާފައިވަނީ ފެބުރުއަރީ 8 ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހި ކަމަށާއި، އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށް
އައްބާސް އާދިލް ރިޒާ އަކީ ރައީސް ޔާމީނާއި ވަރަށް އަރިސް ބޭފުޅެއް

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުޖަހަން، ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ، އައްބާސް އާދިލް ރިޒާ ގޮވާލި މައްސަލަ ބަލަން ސިޔާސީ ޕާޓީތަކުން ގޮވާލައިފިއެވެ.

އިމިގްރޭޝަން ކޮންޓްރޯލާ ކަމާއި ކަސްޓަމްސްގެ ވެރިޔާގެ މަގާމާއި އެނޫންވެސް ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ އައްބާސް އާދިލް ރިޒާ ކުރެއްވި ޓްވީޓެއްގައި ގޮވާލައްވާފައިވަނީ ފެބުރުއަރީ 8 ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހި ކަމަށާއި، އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށެވެ. އަދި އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަ ކަމަށެވެ.

މިކަމާއި ގުޅިގެން އާންމުންނާއި ސިޔާސީ އެކިއެކި ފަރާތްތަކުން އަންނަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ ޓެރަރިޒަމްގެ އަމަލެއްކަމަށް ބުނެ އެ މައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލަމުންނެވެ. ސިޔާސީ ޕާޓީތަކުން ވެސް ވަނީ މި މައްސަލަ ބެލުމަށް ގޮވާލާފައެވެ.

އެގޮތުން، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުޖަހައި، ޓެރަރިޒަމް ހިންގުމަށް ހިތްވަރުދީ، ދައްކާފައިވާ ވާހަކަތައް އެމްއާރްއެމް އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މި މައްސަލަ އަވަހަށް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.

ވެރިކަން ކުރާ ޕާޓީ އެމްޑީޕީން ވެސް ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނެފައިވަނި އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވާލި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، މި މައްސަލަ ކަމާއި ބެހޭ އިދާރާތަކުން ތަހުގީގުކުރުމަށް ގޮވަލާ ކަމަށެވެ. އަދި އިދިކޮޅުން އަވަށްޓެރި ގައުމުތަކާއި މެދު ނަފްރަތު އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތްތައް ކުށްވެރިކުރާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ޖުމްހޫރީ ޕާޓީންވެސް ވަނީ އިންޑިއާ ހައިކޮމިޝަނަށް ނުރައްކާވާގޮތަށް ދެއްކި ވާހަކަ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ފުލުހުން މި މައްސަލަ ބަލަން ޖޭޕީން ވަނީ ގޮވާލާފައެވެ. ޖޭޕީން ބުނެފައިވަނި އަވަށްޓެރި ގައުމުތަކާއި މެދު ނަފްރަތު އުފެއްދުމަށް އައްބާސް އާދިލް ރިޒާ ކުރައްވާ މަސައްކަތްތައް ވެސް ކުށްވެރިކުރާ ކަމަށެވެ.

އައްބާސް އާދިލް ރިޒާގެ ވާހަކަ އަދާލު ޕާޓީން ވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވާލި މައްސަލަ ކަމާއިބެހޭ އިދާރާތަކުން ތަހުގީގުކުރުމަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އިން ވެސް ވަނީ އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލަ ކުށްވެރިކޮށްފައެވެ.

- ކޮމެންޓް