ކ. މާލެ
|
22 ޑިސެންބަރ 2022 | ބުރާސްފަތި 23:02
ކަސްޓަމްސް ތަފާސް ހިސާބު
ކަސްޓަމްސް ތަފާސް ހިސާބު
ކަސްޓަމްސް
ކަސްޓަމްސްގެ ޚިދުމަތްތައް
މި އަަހަރު މިހާތަނަށް 48 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކުރެވިއްޖެ: ކަސްޓަމްސް
ރާއްޖެއަށް އެތެރެކުރާ މުދަލުގެ ނިސްބަތް ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުން
2012ގައި ރާއްޖެ އެތެރެކުރީ 26 މިލިއަން ރުފިޔާގެ މުދާ

މި އަަހަރު މިހާތަނަށް 48 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކުރެވިފައިވާ ކަމަށް، ކަސްޓަމްސްގެ ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2، އައިމަން މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖެއަށް އިމްޕޯޓްކުރާ މުދާތަކުގެ ތަފްސީލްތައް ހިއްސާކުރައްވައި އޭނާ ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ މުދަލުގެ ނިސްބަތް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ ކަމަށެވެ. އޭނާ ވަނީ ކަސްޓަމްސްގެ ޒިންމާތަކުގެ ތެރޭގައި، ރާއްޖެއަށް އެތެރެކުރާ ތަކެތީގެ ތަފާސްހިސާބުތައް ބެލެހެއްޓުން ހިމެނޭކަން ފާހަގަކުރައްވާފައެވެ. އަދި ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމުގައި ކަސްޓަމްސްގެ ދައުރު ބޮޑުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

2012ގައި ރާއްޖެ އެތެރެކުރީ 26 މިލިއަން ރުފިޔާގެ މުދާކަމަށާއި، އޭގެ 10 އަހަރު ފަހުން މިއަދު ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 48 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި އަދަދު އިތުރުވުން އެކަށީގެންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް