Advertisement
ކ. މާލެ
|
22 ޑިސެންބަރ 2022 | ބުރާސްފަތި 18:45
ނޫވިލު ޓާރމިނަލްއަށް ބައިނަލްއަގުވާމީ އެވޯޑެއް
ނޫވިލު ޓާރމިނަލްއަށް ބައިނަލްއަގުވާމީ އެވޯޑެއް
ވެލާނާ އެއާޕޯޓް
ނޫވިލު ޓަރމިނަލް
ނޫވިލު ޓާރމިނަލްއަށް ބައިނަލްއަގުވާމީ އެވޯޑެއް
ނޫވިލު ސީޕްލޭން ޓަރމިނަލް ތަރައްގީކޮށްފައިވަނީ ޗައިނާގެ ބެއިޖިންގގެ އަރބަން ކޮންސްޓްރަކްޝަން ގުރޫޕުން 58 މިލިއަން ޑޮލަރު ހަރަދުކޮށްގެން

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ނޫވިލު ސީޕްލޭން ޓަރމިނަލަށް ބައިނަލްއަގުވާމީ އެވޯޑެއްކަމަށްވާ "ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑް" ލިބިއްޖެއެވެ.

އިންޖިނިއަރިންގ ނިއުސް ރެކޯޑް، އީއެންއާރްއިން ދެމުންދާ މި އެވޯޑަކީ އިމާރާތްކުރުމުގެ ސިނާއަތުގައި ހިންގާފައިވާ މަޝްރޫއުތައް ފާހަގަކޮށް، ދޭ އެވޯޑެކެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އިން ބުނީ ނޫވިލު ޓަރމިނަލްއަށް މި އެވޯޑް ލިބުނީ 18 ގައުމެއްގައި ހިންގާފައިވާ 34 ޕްރޮޖެކްޓާ ވާދަކޮށްގެން ކަމަށެވެ. މިއެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލް.އިން ބައިވެރިވީ އޮންލައިންކޮށެވެ.

Advertisement

ނޫވިލު ސީޕްލޭން ޓަރމިނަލަކީ ޒަމާނީ ފެންވަރަށް އެކުލަވާލާފައިވާ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓަރމިނަލެވެ. އެ ޓަރމިނަލްގައި 4 ފަންގިގިލާ ހިމެނޭއިރު އެތަނުން އެއްފަހަރާ 100 ބޯޓަށް ޚިދުމަތް ދެވެއެވެ. 50 ލައުންޖް ހިމެނޭ މި ޓަރމިނަލްގައި އެމްއޭސީއެލްގެ ކޮމަން ލައުންޖަކާއި، އަދި ބިޒްނަސް ލައުންޖް ހިމެނެއެވެ. މީގެ އިތުރުން ރިސޯޓްތަކުން ލައުންޖް އޭރިއާ ހެދުމަށް، 43 ލައުންޖް ވަނީ ދޫކޮށްފައެވެ. ނޫވިލު ސީޕްލޭން ޓަރމިނަލް ތަރައްގީކޮށްފައިވަނީ ޗައިނާގެ ބެއިޖިންގގެ އަރބަން ކޮންސްޓްރަކްޝަން ގުރޫޕުން 58 މިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް