ކ. މާލެ
|
20 ޑިސެންބަރ 2022 | އަންގާރަ 19:00
އިނގުރައިދޫ ނެރު ފައިކައްޓާއި ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިނގުރައިދޫ ނެރު ފައިކައްޓާއި ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕްލޭނިންގ މިނިސްޓްރީ
ތަރައްގީގެ މަޝްރޫއު
އިނގުރައިދޫ ނެރު ފައިކައްޓާއި ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއަށް
ނިލަންދޫގެ މަސައްކަތަށް ދައުލަތުގެ ބަޖެޓުން 29.9 މިލިއަން ރުފިޔާ ހަަދުކުރުމަށް ވަނީ ހަމަޖެހިފައި
ރ. އިނގުރައިދޫ ބަނދަރު ނެރުފައިކަށި ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 17.1 މިލިއަން ރުފިޔާއަށް

ރ. އިނގުރައިދޫ ނެރު ފައިކައްޓާއި ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި ކޮންޓްރެކްޓްތަކުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤްއެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.

ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ ހުޅަނގު ފަރާތުގައި 503 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް، 20 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން އަދި، އިރުއުތުރު ފަރާތުގައި 429 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް ޤާއިމް ކުރުން ހިމެނެއެވެ.

މި މަޝްރޫޢުތަކުގެ ދަށުން މިރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެއެވެ. މި މަސައްކަތް ނިންމަން ދީފައިވަނި 240 ދުވަހެވެ. މި މަސައްކަތަށް ދައުލަތުގެ ބަޖެޓުން 29.9 މިލިއަން ރުފިޔާ ހަަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރ. އިނގުރައިދޫ ބަނދަރު ނެރުފައިކަށި ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 17.1 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނިންމަން ދީފައިވަނީ 180 ދުވަހެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް

  • - ބަނދަރު ފުން ކުރުން
  • - ނެރު ފުން ކުރުން
  • - 86 މީޓަރ ނެރު ބްރޭކްވޯޓަރ ޖެހުން
  • - 59 މީޓަރ ބްރޭކްވޯޓަރ ޖެހުން
  • - 150 މީޓަރ އިރުމަތި ފަރާތު ބްރޭކްވޯޓަރ ޖެހުން
  • - 02 ނެވިގޭޝަން ލައިޓް ހަރުކުރުން
- ކޮމެންޓް