Advertisement
ކ. މާލެ
|
19 ޑިސެންބަރ 2022 | ހޯމަ 23:12
ރައީސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކުރެއްވުން
ރައީސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކުރެއްވުން
ސޯޝަލް މީޑިއާ
ރައީސް ގައުމީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކު
ރައީސް ޞާލިހު އެމްޑީޕީ ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ބައްދަލުކުރައްވައިފި
100އެއްހާ މީހުން ބައިވެރިވި އެ ބައްދަލުވުމުގައި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ގައުމުގެ މަޝްރަހާއި ސިޔާސީ ބައެއް ކަންކަމާއި ގުޅޭގޮތުން ޚިޔާލުފާޅުކުރައްވާފަ
އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ އާއި މެދު މަޝްވަރާކޮށްފައިވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ ގިނަ އަަދަދެއްގެ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ސޯލްޓް ކެފޭގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީ އާއި މެދު މަޝްވަރާކޮށްފައިވާ ކަމަށް ރާއްޖެޓީވީ އަށް ވަނީ އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައެވެ. 100އެއްހާ މެމްބަރުން ބައިވެރިވި ބައްދަލުވުމުގައި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ގައުމުގެ މަޝްރަހާއި ސިޔާސީ ބައެއް ކަންކަމާއި ގުޅޭގޮތުން ޚިޔާލުފާޅުކުރައްވާފައެވެ. އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ގައުމީ މަޖިލީހުގެ 80 ވަރަކަށް މެމްބަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރައީސް ޞާލިހު މިގޮތަށް ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައްދަލުކުރައްވާފައި ވާއިރު ރައީސް ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ރައީސް ސާލިޙްގެ އިތުރުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވާފައި ވެއެވެ.

Advertisement

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު އާދިއްތަ ދުވަހު ހުޅުވާލާފައި ވެއެވެ.

Advertisement

Advertisement
- ކޮމެންޓް