ކ. މާލެ
|
19 ޑިސެންބަރ 2022 | ހޯމަ 17:36
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
މަޖިލިސް
ފައިސަލްގެ މަރު
ފައިސަލް މަރުވި މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ: ހޯމް މިނިސްޓްރީ
ފައިސަަލްގެ މަރުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލާނެ
މައްސަލައިގެ ތަހުގީގު ކުރިއަށްދޭ
އަޅުއްވަންޖެހޭ ފިޔަވަޅުތައް ހޯމް މިނިސްޓަރ އަޅުއްވާނެ

އަނބިމީހާ މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިހުއްޓައި ދަންޖެހިގެން ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުންދަނިކޮށް މަރުވި, އދ. ފެންފުށީ ރޯޒީ ވިލާ، 32 އަހަރުގެ އަބޫބަކުރު ފައިސަލްގެ މަރުގެ ތަހުގީގު ކުރިއަށްދާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

އަނބިމީހާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ފައިސަލް ބަންދުކުރީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އަދި 12 ވަނަ ދުވަހު ދަންޖެހެން މަސައްކަތްކޮށްފައިވެއެވެ. އޭނާ މަރުވިއިރު އޭނާއަށް ފަރުވާދެމުންދިޔައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. ހޯމަ ދުވަހުގެ ހެނދުނު 8:28 ހާއިރު އޭނާ މަރުވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިކަމާއި ގުޅިގެން ހޯމް މިނިސްޓްރީން ބުނީ އޭނާ ދަންޖެހުނު މައްސަލަ ފެންމަތިވި ހިސާބުން އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަމަށެވެ. މިކަން ތަހުގީގުކުރުމަށް އިންސްޕެކްޓަރ އޮފް ކަރެކްޝަންސް ކުޅުދުއްފުއްޓަށް ވަޑައިގެން، ބައްލަވަންޖެހޭ ކަންކަން ބައްލަވާފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ. މި ތަހުގީގުގެ ތެރެއިން، މިކަމުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލާނެއެވެ.

މިކަމުގެ ރިޕޯޓު މިނިސްޓްރީއަށް ހުށަހެޅުއްވުމުން މިނިސްޓަރު އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ފާރަވެރިވާ އެެހެން މުއައްސަސާކުންވެސް ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގުކުރަމުންދާކަމަށާއި، އެކަންކަމަށް ހޯމް މިނިސްޓަރާއި، މިނިސްޓްރީންނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ދޭންޖެހޭ އެއްބާރުލުން ދެމުންދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ހޯމް މިނިސްޓްރީން ބުނީ އޭނާ ދަންޖެހުނު ގޮތުގެ ތަހުގީގު މިހާރު ކުރިއަށްދާކަަމަށެވެ. އަދި ތަހުގީގު ނިމުމުން އެކަންވެސް ހާމަކުރާނެ ކަމަށެވެ.

ހދ. ނޮޅިވަރަމު، 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައިގައި ފައިސަލް ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް މި މަރާ ގުޅިގެން ތުހުމަތުތަކެއް ކުރެވުމުންނެވެ. އެގޮތުން، މަރުވި އަންހެން މީހާގެ ހަށިގަނޑުން ޒަޚަމްތަކެއް ފެންނަން ހުރުމާއި އެހެން ބައެއް ސަބަބުތަކާހުރެ އޭނާގެ މަރާ ގުޅިގެން ފައިސަލްގެ މައްޗަށް ދަނީ ތުހުމަތުތަކެއް ކުރެވެމުންނެވެ.

- ކޮމެންޓް