ކ. މާލެ
|
19 ޑިސެންބަރ 2022 | ހޯމަ 16:37
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީ
އެމްޑީޕީ ޕްރައިމަރީ 2023
ވޯޓުލާ ދަފްތަރު ގަޑުބަޑުވެފައިވަނިކޮށް ބާއްވާ ޕްރައިމަރީ އިންސާފުވެރިއެއް ނުވާނެ: ނަޝީދު
 
މިފަދަ ހާލަތެއްގައި އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ
 
ޕާޓީގެ މެމްބަރުންގެ ދަފްތަރުން ގިނަ މެމްބަރުންތަކެއް ވަނީ އުނިކޮށްފައި
 
2023ގެ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންގެ ދަފްތަރު ވަނީ ގަޑުބަޑުކޮށްފައި ކަމަށް، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލަށް ފޮނުއްވި ސިޓީފުޅެއްގައެވެ. ރައީސް ނަޝީދުގެ ސިޓީފުޅު ފައްޓަވަމުން ވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ، އެޕާޓީގެ ވޯޓުލާ ދަފްތަރުން، ސާޅީސްހާހާ ގާތްކުރާ އަދަދެއްގެ މެމްބަރުން އެމީހުންނަށް އެނގުމަކާނުލައި ކުއްލިއަކަށް އުނިކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މި ދަފްތަރު ވަރަށް ބޮޑަށް ގަޑުބަޑުވެފައިވާކަމަށާއި، މިކަން މިހެން އޮއްވައި ބާއްވާ ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި ޕްރައިމަރީއަކަށް ވާނެކަމަކަށް ގަބޫލުފުޅު ނުކުރައްވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީއަށް ހިތުން ރުހުމުން ގުޅިފައިވާ 40 އިންސައްތަ މެމްބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލުމަށްފަހު ބާއްވާ އިންތިޚާބަކީ 2023ގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީއަށް އިންތިހާއަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. މިއީ ޕާޓީގެ މަސްލަހަތުވެސް ގެއްލިގެންދާނެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ނަޝީދު ވަނީ ރިޔާސީ ޕްރައިމަރީގައި ވޯޓުލާއިރު، އެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެކަން ކަށަވަރުކޮށްދެއްވުމަށް ޕާޓީގެ ޗެއަރ ފައްޔާޒުގެ ކިބައިން އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓް ހޮވުމަށް އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ޕްރައިމަރީއެއް ބާއްވަން އެ ޕާޓީން ވަނީ ނިންމާފައެވެ. އެހެންކަމުން ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 24 ޑިސެމްބަރު 2022ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00ގެ ކުރިންނެވެ. ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނުކުރައްވާފައިވަނީ ރައީސް ނަޝީދު އެކަންޏެވެ.

ރިޔާސީ ޕްރައިމަރީގެ ފައިނަލް ވޯޓަރސް ލިސްޓު އާއްމުކުރާނީ 3 ޖެނުއަރީ 2023ގައެވެ. އެއަށްފަހު 10 ޖެނުއަރީގައި ކެންޑިޑޭޓު މަންދޫބުންނަށް ފުރުސަތު ހުޅުވާލައި އެ ފުރުސަތު 15 ޖެނުއަރީގެ ނިޔަލަށް ބަންދުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ