ކ. މާލެ
|
19 ޑިސެންބަރ 2022 | ހޯމަ 00:07
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު މެސީ
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު މެސީ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް މެސީ
2014 ވަނަ އަހަރު ބްރެޒިލްގައި އޮތް މުބާރާތުގައި ވެސް މެސީ ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި

ފީފާ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޮވިއްޖެއެވެ.

މިއަހަރުގެ މުބާރާތް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނުމަށް މެސީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މުބާރާތުގައި އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ވެސް ދައްކާފައެވެ. މެސީ ވަނީ މުބާރާތުގައި ހަތް ލަނޑު ޖަހައި، ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ފައިނަލްގައި ފްރާންސް ކޮޅަށް މެސީ ޖެހި ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ، އެއް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖާއި ގަދަ 16 އާއި، ކުއާޓާ ފައިނަލާއި، ސެމީ ފައިނަލް އަދި ފައިނަލްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މިއަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ އަށް ލިބުމާއެކު އޭނާ ވެގެންދިޔައީ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެެރިޔާކަން ދެ ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް މުބާރާތުގައި ވެސް މެސީ ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

މިއީ މިހާރު އުމުރުން 35 އަހަރުގެ މެސީގެ ފަހު ވޯލްޑް ކަޕް މުބާރާތެވެ. މެސީ ވަނީ ދެން އޮންނަ ވޯލްޑް ކަޕެއްގައި އޭނާ ނުފެންނާނެ ކަމަށް ވެސް ބުނެފައެވެ.

- ކޮމެންޓް