ކ. މާލެ
|
15 ޑިސެންބަރ 2022 | ބުރާސްފަތި 12:49
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ރާއްޖެއެމްވީ
ވަޤްފާއިބެހޭ ޤާނޫނުގެ ބިލް
ވަޤްފާއިބެހޭ ޤާނޫނުގެ ބިލް ޑްރާފްޓު ކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީ ހޯދަނީ
ދީނީ ދާއިރާއިން އަދި އިސްލާމިކް ފައިނޭންސް ދާއިރާއިން ކޮންސަލްޓެންސީ ބޭނުންވޭ
2022 ޑިސެންބަރު 18 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅޭނެ

ވަޤްފާއިބެހޭ ޤާނޫނުގެ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރަން ނުޖެހޭ އަމިއްލަ ފަރުދުންނަށެވެ.

ދިވެހިރާއްޖޭގެ ވަޤްފާބެހޭ ޤާނޫނުގެ ބިލު ޑްރާފްޓްކުރުމުގެ މަސައްކަތަށް ދީނީ ދާއިރާއިން އަދި އިސްލާމިކް ފައިނޭންސް ދާއިރާއިން ކޮންސަލްޓެންސީ ބޭނުންވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އެ ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއް ކަމުގައިވާންވާނެ ކަމަށެވެ.

ވީމާ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރކޮށް، މަޢުލޫމާތު ސާފުކުރުމަށްފަހު މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ.

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2022 ޑިސެންބަރު 18 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީގެ މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ވެސް އެދިފައިވެއެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 ޑިސެންބަރު 26 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް