ކ. މާލެ
|
14 ޑިސެންބަރ 2022 | ބުދަ 12:37
ރެކޯޑު އައު ކުރި މުބާލް އައްޒާމް އިބްރާހީމް
ރެކޯޑު އައު ކުރި މުބާލް އައްޒާމް އިބްރާހީމް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން ޗެމްޕިއަންޝިޕް
މުބާލް ޤައުމީ ރެކޯޑު އައުކޮށްފި
ރެކޯޑު މުބާލް އައު ކުރީ 02.19.77 އިން އިވެންޓު ފުރިހަމަކޮށްގެން

އޮސްޓްރޭލިޔާގައި މިހާރު ކުރިއަށްދާ 16 ވަނަ ފީނާ ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ މުބާލް އައްޒާމް އިބްރާހީމް ޤައުމީ ރެކޯޑު އައުކޮށްފިއެވެ.

މުބާލް އައުކޮށްފައިވަނީ ފިރިހެނުންގެ ޝޯރޓްކޯސް 200 މީޓަރުގެ މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ ވެސް މުބާލް އަތުގައެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށް 02.26.27 އިންންނެވެ. އެ ރެކޯޑު މުބާލް އައު ކުރީ 02.19.77 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

އޮސްޓްރޭލިޔާގެ ކުރިއަށްދާ ފީނާ ސްވިމިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަތަރު ފެތުންތެރިޔަކު ވާދަކުރެއެވެ. އެއީ މުބާލްގެ އިތުރުން އައިޝަތު ސައުޝަން، ހަމްނާ އަހުމަދު އަދި މުޙައްމަދު ރިހާން ޝިހާމްއެވެ. ރެކޯޑު އައުކުރި މުބާލް ވަނީ ޤައުމީ ބައިނަލްއަޤުވާމީ އެކި އެކި މުބާރާތްތަކުގައި މިހާތަނަށް ވާދަކޮށްފައެވެ.

މިއަހަރުގެ އިނގިރޭސިވިލާތުގައި ކުރިއަށް ދިޔަ ކޮމަންވެލްތު ގޭމްސްގައި ވެސް މުބާލް ވާދަކުރިއެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އޮލިމްޕިކްސްގައި ވާދަކޮށް މުބާލް ވަނީ ރާއްޖޭގެ ދިިދަ ވެސް އުފުލާފައެވެ.

- ކޮމެންޓް