Advertisement
ކ. މާލެ
|
13 ޑިސެންބަރ 2022 | އަންގާރަ 18:00
ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް ހަވާލުކުރުން
ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް ހަވާލުކުރުން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް
ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް އެޗްޑީސީއަށް ދީފި
މިއީ މިފަދަ ފުރަތަމަ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް

ކޮމިއުނިކޭޝަންސް އޮތޯރިޓީން ދޫކުރާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް އެ އޮތޯރިޓީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދީފިއެވެ.

މިއީ ކޮމިއުނިކޭޝަންސް އޮތޯރިޓީން ދޫކުރި މިފަދަ ފުރަތަމަ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސެވެ. މި ލައިސަންސްގެ ދަށުން, ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗަރ ގާއިމުކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބޭނުމަށް މިއިންފްރާސްޓްރަކްޗަރ ދޫކުރުމުގެ ހުއްދަ އެޗްޑީސީއަށް ލިބިދޭނެއެވެ.

Advertisement

ރަސްމީ ސިފައެއްގައި މި ލައިސަންސް އެޗްޑީސީއަށް ދޫކުރިނަމަވެސް، މިއީ މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ބޭނުން ކުރެވޭގޮތަށް ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ފުރަތަމަ އޯޕަން އެކްސެސް ވިއުގަ ކަމުން، މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ އެ ކޯޕަރޭޝަނަށް ވަނީ މީގެކުރިން ދީފައެވެ. އަދި އެޗްޑީސީއަށް ދިން ރަސްމީ ލައިސަންސް ދޫކުރީ މި ވިއުގައަށް މުއާސަލާތީ ޚިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ލިބި، މި ވިއުގަ މެދުވެރިކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވެމުން ދާތީއެވެ.

އެޗްޑީސީންވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ވިއުގައެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެފްޓީޓީއެޗް (ފައިބަރ ޓު ދަ ހޯމް)ގެ ޚިދުމަތް ކާމިޔާބުކަމާއެކު ދޭންފަށާފައެވެ. އަދި މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން މި ވިއުގަ މެދުވެރިކޮށް ޚިދުމަތްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފޯރުކޮށްދޭތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެޗްޑީސީން ބުނީ މިފަދަ ޒަމާނީ ވިއުގައެއްގެ ސަބަބުން އިންޓަރނެޓާއި ޓީވީގެ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ދެކޭކަމަށެވެ. މީގެ ސަބަބުން މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކަށް އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް