ކ. މާލެ
|
26 ޖޫން 2017 | ހޯމަ 22:15
ހަލާލު ނެއިލް ޕޮލިޝް ކަމަށް ބުނާ ނިޔަފަތީގައި ޖައްސާ ކުލަ
ހަލާލު ނެއިލް ޕޮލިޝް ކަމަށް ބުނާ ނިޔަފަތީގައި ޖައްސާ ކުލަ
ގޫގުލް
ނެއިލް ޕޮލިޝް
ހަލާލު ނެއިލް ޕޮލިޝް: މީ ކިހާވަރެއްގެ ހަޤީޤަތެއް؟
ދީނީ އިލްމްވެރިންގެ ޚިޔާލު މިކަމުގައި ތަފާތު

އޯރްލީ ނަމަކަށް ކިޔާ ކުންފުންޏެއްގެ ފަރާތުން މުސްލިމް އަންހެން ކުދިންނަށް ޚާއްސަކޮށްގެން "ހަލާލް ނެއިލް ޕޮލިޝް"އެއް ތަޢާރުފުކޮށްފިއެވެ.

އެ ކުންފުނިން ބުނެފައިވަނީ މި ނެއިލް ފޮލިޝްގެ ސަބަބުން ނަމާދުކުރުމަށްޓަކައި ވުޟޫ ކުރާއިރު އެއްވެސްކަމާއި ހާސްވާން ނުޖެހޭނެ ކަމަށާއި ނެއިލް ފޮލިޝް އުފައްދާފައިވާ ގޮތުން ވުޟޫ ކުރާއިރު ނެއިލް ޕޮލިޝް އުގުޅައިފައި ހުއްޓަސް ނިޔަފައްޗާ ހަމައަށް ފެން ފޯރާނެ ކަމަށާއި އެހެން ކަމުން ވުޟޫ ސައްޚަވާނެ ކަމަށެވެ.

މި ނެއިލް ފޮލިޝްގެ ލިމިޓަޑް ސެޓް ތަޢާރުފު ކޮށްފައިވަނީ ތަފާތު 6 ކުލަ އެއް ހިމެނޭ ގޮތަށެވެ. އަދި މި ނެއިލް ފޮލިޝްގައި ވިޓަމިން ބީ، ވިޓަމިން ބީ-ފައިވް އަދި ވިޓަމިން ސީ ފަދަ ނިޔަފަތަށް ފައިދާހުރި މާއްދާތައް އެކުލެވިގެންވާ ކަމަށްޕްރޮޑަކްޓް އުފެއްދި ފަރާތުން ބުނެއެވެ.

މި ނެއިލް ޕޮލިޝް އުފެއްދި ފަރާތުން މިއީ މުސްލިމުންނަށް ގުޅޭ އެއްޗެއް ކަމަށް ބުނި ނަމަވެސް، އެކި ޝައިޚުންވަނީ މި ނެއިލް ފޮލިޝްއާ މެދު ސުވާލު އުފައްދާފައެވެ. 

އަންހެންކުދިން ޒީނަތްތެރިވުމަށްޓަކައި ގޮތް ނޭގޭ ޕޮރޮޑަކްޓްތައް ބޭނުން ނުކުރުމަށް ދީނީ އިލްމްވެރިން ނަސޭހަތްތެރިވެއެވެ. އަދި އަންހެންކުދިން ޒީނަތްތެރިވާން ބޭނުން ކަމުގައިވާނަމަ ކީރިތި ރަސޫލާ އިރުޝާދު ދެއްވި ފަދައިންކަން ކުރުމަށްވެސް އިލްމުވެރިން އިރުޝާދު ދެއެވެ.

ހީނާފަތް އަޅައިގެން ހުރެ ވުޟޫ ކުރިޔަސް ވުޟޫ ސައްހަ ވާނޭ ކަމާމެދު އެއްވެސް ޝައްކެއް ނެތުމުން ބުއްދިވެރި ގޮތަކީ ތަފާތު ޒާތްޒާތުގެ ނެއިލް ފޮލިޝްތައް ބޭނުންކުރުމުގެ ބަދަލުގައި ހީނާފަތް އެޅުން ކަމަށް ވެސް ދީނީ އިލްމްވެރިން ވިދާޅުވެއެވެ.

މި ނެއިލް ޕޮލިޝްތަކާއި ބެހޭގޮތުން ކުރީގެ އިސްލާޟިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވީ، މި ކަހަލަ ޕްރޮޑަކްޓްތަކުގެ އަސްލު ނޭނގި، ވަކި ހުކުމެއް ދަންނަވަން ދަތިކަމަށާއި އެހެންނަމަވެސް އިސްލާމް ދީނުގައި އުސޫލެއްގެ ގޮތުން އޮންނަ ގޮތަކީ ނިޔަފަތިތަކުގައި އިތުރު 'ހުރަހެއް' ލެވިގެންދާކަމުގައިވާނަމަ ވުޟޫ ސައްޚަވެގެންނުދިއުން ކަމަށެވެ. އަދި 'ހުރަހެއް' ނެތި ހަމައެކަނި ހީނާފަތް ފަދައިން ކުލަ ނިޔަފަތީގައި ލެވިގެންދާނަމަ  ވުޟޫ ސައްހަވެގެންދާނެކަމަށެވެ. 

        

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް