Advertisement
ކ. މާލެ
|
12 ޑިސެންބަރ 2022 | ހޯމަ 07:07
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ
އެމްޓީސީސީ
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ ޖިއޯ ޓެކްނިކަލް ސަރވޭ ފަށައިފި
ބްރިޖް އެކްސަސް ރޯޑު ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައި
މިއީ 84.17 މިލިއަން ރުފިޔާގެ މަޝްރޫއެއް

ގދ. މަޑަވެލި - ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ފަށައިފިއެވެ.

މި މަސަައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެކުންފުނިން ބުނީ ކޯޒްވޭގެ މަސައްކަތުގެ ތެރެއިން ބްރިޖް އެކްސަސް ރޯޑު ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ޖިއޯ ޓެކްނިކަލް ސަރވޭ ފަށާފައިވާ ކަމަށެވެ.

Advertisement

މި މަޝްރޫޢުގެ ދަށުން، 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަމީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 1378 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، އެޕްރޯޗް ރޯޑުގެ 3144 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުމާއި، ރެއިލިންގ، މަގުބައްތި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

މިއީ 84.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް