ބަންގްލަދޭޝްގައި އެ ގައުމުގެ ބޮޑުވަޒީރު ޝެއިޚު ހަސީނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ފަަށައިފިއެެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހޮނިހިރު ދުވަހުން ފެށިގެން ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މަގުތަކަށް ނުކުމެ އެ ޤައުމުގެ އެތައް ހާސް ބަޔަކު ދަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި އެގައުމުގެ މައި އިދިކޮޅު ޕާޓީއަށް ތާއީދުކުރާ މީހުން ދަނީ އައު އިންތިޚާބެއް ބާއްވަން ޑިމާންޑުކުރަމުންނެވެ. އެއްވެފައިވާ މީހުން ވަނީ ސަރުކާރު ކޮރަޕްޓްވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
ބަންގްލަދޭޝްގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލެމުން ދިއުމާއި އެ ނޫންވެސް ބައެއް ސަބަބުތަކާއި ހުރެ ދިރިއުޅުމުގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުން އެގައުމުގައި ސަރުކާރާ ދެކޮޅަށް ދޭތެރެ ދޭތެރެއިން ދިޔައީ މުޒާހަރާކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ޝެއިޚް ހަސީނާގެ އިސްތިއުފާއަށް ގޮވާލި ނަމަވެސް އޭނާ ވަނީ އިސްތިއުފާދެއްވަން ދެކޮޅު ހައްދަވާފައެވެ.
ފަހަކަށް އައިސް ބަންގްލަދޭޝްއިން އިގުތިސާދީ ގޮތުން ކުރިއެރުންތަކެއް ހާސިލުކުރަމުން އައި ނަމަވެސް ސަރުކާރުން ހުރިހާ ޑީސަލް އިންޖީނު ގެތައް ބަންދުކުރަން އެންގުމާ ގުޅުގެން ކަރަންޓު ކަނޑާ ވަރު ވަނީ އިތުރުވެފައެވެ. އަދި އިގުތިސާދު އެންމެ އެދެވޭގޮތަށް ކުރިއެރުމަށް ހުރަސްއެޅިފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.