Advertisement
ކ. މާލެ
|
11 ޑިސެންބަރ 2022 | އާދީއްތަ 13:02
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފަރެސްމާތޮޑާ އަށް ފުރާވަޑައިގަންނަވަނީ
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފަރެސްމާތޮޑާ އަށް ފުރާވަޑައިގަންނަވަނީ
ރައީސް އޮފީސް
42 ވަނަ މަސްވެރިންގެ ދުވަސް
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފަރެސްމާތޮޑާއަށް
މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރިއަށްދާ އެކިއެކި ޙަރަކާތްތައް ރައީސް ބައްލަވައިލައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދޭ

ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށަށް ފުރާވަޑައިގެންފިއެވެ.

ގދ. ފަރެސްމާތޮޑާގައި މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރިއަށްދާ އެކިއެކި ޙަރަކާތްތައް ރައީސް ބައްލަވައިލައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އެގޮތުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމާއި، މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތް ރައީސް ޝަރަފްވެރިކޮށްދެއްވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

Advertisement

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ގދ. ފަރެސްމާތޮޑާ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރައީސް މަސްވެރިންނާ ވެސް ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވެސް ހަމަޖެހިފައެެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް