ކ. މާލެ
|
11 ޑިސެންބަރ 2022 | އާދީއްތަ 07:27
ރާއްޖެ އިން ލޯ މެޑަލް ހޯދި ތިން އެތުލީޓުން
ރާއްޖެ އިން ލޯ މެޑަލް ހޯދި ތިން އެތުލީޓުން
ފޭސްބުކް
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރާއްޖެ އަށް ތިން ލޯ މެޑަލް
 
ލޯ މެޑަލް ހޯދި ތިން އެތުލީޓުންނަކީ ޢަބްދުﷲ އަޙުސަން، ޙިމްޔާން ޙަސަން އަދި ފަތުހުﷲ މުޙައްމަދު

ތައިލެންޑުގެ ބެންގްކޮކްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރާއްޖެއިން ތިން ލޯ މެޑަލް ހޯދައިފިއެވެ.

ރާއްޖެއިން ލޯ މެޑަލް ހޯދި ތިން އެތުލީޓުންނަކީ ޢަބްދުﷲ އަޙުސަން، ޙިމްޔާން ޙަސަން އަދި ފަތުހުﷲ މުޙައްމަދުއެވެ. އަޙުސަން ލޯ މެޑަލް ހޯދީ އެތުލެޓިކް ޕިޒީކް 167 ސެންޓްމީޓަރުގެ ކެޓަގަރީގައި ވާދަކޮށްގެންނެވެ. ހިމްޔާން ވަނީ އެތުލެޓިކް ފިޒީކް އަޕްޓް 75 ސެންޓްމީޓަރުގެ ކެޓަގަރީގައި ވާދަކޮށް ލޯ މެޑަލް ހޯދާފައެވެ. އަދި ފަތުހުﷲ ވަނީ އެތުލެޓިކް ފިޒީކް 160 ސެންޓްމީޓަރު ކެޓަަގަރީން ލޯ މެޑަލް ހޯދާފައެވެ.

މިއީ ރާއްޖެ އިން މިއަހަރުގެ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ހޯދި ފަސް ވަނަ މެޑަލްއެވެ. މި ތިން ރިހި މެޑަލްގެ އިތުރުން ރާއްޖެއިން ވަނީ ރަން މެޑައްޔަކާއި ރިހި މެޑައްޔެއް ވެސް ހޯދާފައެވެ. ރާއްޖެއިން ރަން މެޑަލް ހޯދީ އަޒްނީން ރަޝާދުއެވެ. އަދި ރިހި މެޑަލް ހޯދީ މުޙައްމަދު މޫސާ (މޯޑު)އެވެ.

ތައިލެންޑުގައި ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރަނީ އަޒްނީންއާއި މޯޑުގެ އިތުރުން މުހައްމަދު ޔާމީން (ޔާމްބެ)، ހުސައިން ހިމްޔާން، ފަތުހުﷲ މުހައްމަދު، މުހައްމަދު އިމްރާހް އަދި އަބްދުﷲ އަހުސަންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް