ކ. މާލެ
|
10 ޑިސެންބަރ 2022 | ހޮނިހިރު 07:32
އެމެރިކާގެ ރައީސް ޖޯ ބައިޑަން
އެމެރިކާގެ ރައީސް ޖޯ ބައިޑަން
ރޮއިޓާސް
ޖީ20ގެ ގައުމުތައް
އެފްރިކަން ޔޫނިއަން ޖީ20އާ ގުޅުމަށް ބައިޑެންގެ ތާއީދު
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބައިޑެން އެފްރިކަން ޔޫނިއަން ޖީ20އާ ގުޅުމަށް ތައީދުކުރައްވާކަން ހާމަކުރައްވާނީ އަންނަ ހަފުތާގައި ވޮޝިންޓަންގައި އޮންނަ ޔޫއެސް-އެފްރިކާ ލީޑަރސް ސަމިޓްގައި

އެފްރިކަން ޔޫނިއަން ޖީ20އާ ގުޅެން ނިންމި ނިންމުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ސަޕޯޓްކުރައްވާކަން އަންނަ ހަފުތާގައި ހާމަކުރައްވާނެކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

ހުކުރު ދުވަހު ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، ބައިޑެން އެފްރިކަން ޔޫނިއަން ޖީ20އާ ގުޅުމަށް ތައީދުކުރައްވާކަން ހާމަކުރައްވާނީ އަންނަ ހަފުތާގައި ވޮޝިންޓަންގައި އޮންނަ ޔޫއެސް-އެފްރިކާ ލީޑަރސް ސަމިޓްގައެވެ. ދުނިޔޭގައި އިގްތިސާދީގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ 20 ގައުމު ހިމެނޭ ޖަމްއިއްޔާކަމަށްވާ ޖީ20ގައި ބައިވެރިވުމަށް ނިންމުމަކީ އެފްރިކާގެ އަޑު ބައިނަލްއަގުވާމީ މައިދާނުގައި އިއްވުމަށް ލިބުނު ކުރިއެރުމެއް ކަމަށް ވައިޓް ހައުސްގެ އެޑްވައިޒަރު، ޖޫޑް ޑެވަރމޮންޓް ވަނީ ވިދާޅުވެފައެވެ.

މިއީ އެފްރިކާގެ އަޑު (އިގްތިސާދީ، ޑިމޮކްރަސީ އަދި ގަވަރނަންސްއާއި މޫސުމީ، ސިއްހީ އަދި ސަލާމަތީގޮތުންވެސް) ބައިނަލްއަގުވާމީ ދުނިޔެއަށް އިއްވަން ލިބޭ ފުރުސަތަކަށް ވާނެކަަމަށް އޭނާ ވިދާޅުވިއެވެ. އެފްރިކަން ޔޫނިއަންގައި 55 ސްޓޭޓް ހިމެނެއެވެ. ޖީ20އަކީ 1999 ވަނަ އަހަރު ވުޖޫދަށް އައި ޖަމާއަތެއް ކަމަށް ވާއިރު، އެ ޖަމާއަތުގައި ހިމެނެނީ 1 ޓްރިލިޔަން ޑޮލަރަށްވުރެ ގައުމީ އާމްދަނީ ބޮޑު 19 ގައުމާއި ޔޫރަޕްގެ އިއްތިހާދެވެ.

- ކޮމެންޓް