ކ. މާލެ
|
9 ޑިސެންބަރ 2022 | ހުކުރު 21:23
ފައިވާން ތެރެއަށް ލައިގެން ފޯނާއި، ސިމްކާޑު، ޖަލަށް އެތެރެކުރަން މަސައްކަތް ކުރުން
ފައިވާން ތެރެއަށް ލައިގެން ފޯނާއި، ސިމްކާޑު، ޖަލަށް އެތެރެކުރަން މަސައްކަތް ކުރުން
ޓްވިޓަރ
ބަންދުގައި ހުރި މީހަކު ޖަލަށް ފޯނާއި ސިމް ވައްދަން
ފައިވާން ތެރެއަށް ލައިގެން ފޯނާއި، ސިމްކާޑު، ޖަލަށް އެތެރެކުރަން މަސައްކަތްކޮށްފި
ފައިވާނުގެ ދަށްފުށް ކަފާލުމަށް ފަހު ފައިވާނުގެ ތެރެއަށް ފޯނާއި، ސިމްކާޑުލައިގެން އެތަކެތި ޖަލަށް އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ އެމީހާ ކޯޓަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ގެންދިޔަ އިރު

ބަންދުގައި ހުރި މީހަކު ފައިވާނުގެ ދަށްފުށް ކަފާލުމަށް ފަހު ފައިވާނުގެ ތެރެއަށް ފޯނާއި، ސިމްކާޑުލައިގެން އެތަކެތި ޖަލަށް އެތެރެކުރަން މަސައްކަތްކޮށްފިއެވެ.

އެކަމުގެ ތަފްސީލް ހިއްސާކުރައްވާ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓުގަައި ވިދާޅުވީ، ފައިވާނުގެ ދަށްފުށް ކަފާލުމަށް ފަހު ފައިވާނުގެ ތެރެއަށް ފޯނާއި، ސިމްކާޑުލައިގެން އެތަކެތި ޖަލަށް އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ އެމީހާ ކޯޓަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ގެންދިޔަ އިރު ކަމަށެވެ. އޭނާ އަނބުރާ ޖަލަށް ގެންދިއުމުގެ ކުރިން އޭނާއާއި ބައްދަލު ކުރި މީހަކާއި އޭނާ އާއި ދެމީހުން، ބަންދުގައި ހުރި މީހާ އަރައިގެންހުރި ފައިވާން ބަދަލުކޮށްފައި ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ބަދަލު ކުރި ފައިވާނުގެ ދަށްފުށް ކަފާލުމަށް ފަހު ފައިވާން ތެރެ އަށް ފޯނަކާއި، ސިމް ކާޑެއްގެ އިތުރުން ޗާޖަރެއް ލާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު އެ ތަކެތި ހުރީ ކަރެކްޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

ދާދިފަހުން ޖަލުގައި ހިންގި އޮޕަރޭޝަންގެ ތެރޭގައި ފޯނާއި، ސިމްކާޑާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތިފަދަ މަނާ ތަކެތި ވަނީ އަތުލައިގަނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް
- ގުޅުންހުރި
އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ފަހަރަކު ޖަލުގައި އަނިޔާކުރުން ފަދަ މައްސަލަތައް އާއްމުވޭ: މައުރޫފް
ޖަމީލު ނިޔާވި މައްސަލައިގައި ފުލުހުންގެ ގާނޫނާއި ފުށުއަރާ ބައިވަރު ކަންތައްތަކެއް ހިނގާފައި އެބަހުރި - ނާޒިލް
ޖަމީލް ނިޔާވެފައި މައްސަލައިގައި ޝައްކުއުފެދޭ ކަންކަން ހުރުމުން އެކަން ބަލައިދިނުމަށް ޑިމޮކްރެޓްސްގެ ފަރާތުން އެޗްއާރުސީއެމްއަށް ހުށަހަޅައިފި
ޖަމީލްގެ ހަށިގަނޑުގައި ހުރީ ގޯނާއެއްގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ނޫން، ޑޮކްޓަރުންނަށްވެސް ބެލެވެނީ އެހެން: ފުލުހުން
ޖަމީލްގެ މަރަށް ބަލާއިރު، އޭނާއަށް އެއްވެސް ފަރާތެއްގެ ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމަށް ނުބެލެވޭ: ފުލުހުން
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި އޮފިސަރުންގެ ބަންދުގެ މުއްދަތު ޖަހައިފި
މާފުށި ޖަލުގައި ނިޔާވި ޖަމީލްގެ ޕޯސްޓްމޯޓަމް ހަދަން ހޯމް މިނިސްޓަރ އަންގަވައިފި
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ގިނަ އޮފިސަރުން ތަކެއް ހައްޔަރުކޮށްފި