ކ. މާލެ
|
10 ޑިސެންބަރ 2022 | ހޮނިހިރު 07:11
ރިހި މެޑަލް ހޯދި ރާއްޖޭގެ މޯޑު
ރިހި މެޑަލް ހޯދި ރާއްޖޭގެ މޯޑު
ޓްވީޓަރ
ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕް
ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން ރާއްޖެއަށް ރިހި މެޑަލެއް
 
މޯޑް ރިހި މެޑަލް ހޯދީ 55 ކިލޯގެ ކެޓަގަރީން

ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު މޫސާ (މޯޑު) ރިހި މެޑަލް ހޯދައިފިއެވެ.

ތައިލެންޑުގައި މިހާރު ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން މޯޑް ރިހި މެޑަލް ހޯދީ 55 ކިލޯގެ ކެޓަގަރީންނެވެ. މީގެ ކުރިންވެސް މޯޑު ވަނީ ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފައެވެ. އެއީ މިދިޔަ އަހަރު އުޒްބެކިސްތާނުގައި ކުރިއަށްދިޔަ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުންނެވެ. މޯޑު ވަނީ 2019 ވަނަ އަހަރު އޮތް މުބާރާތުން ލޯ މެޑަލް ހޯދާފައެވެ.

މީގެ އިތުރުން މިއަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން މޯޑު ވަނީ ރަން މެޑަލް ހޯދާފައެވެ. ކ. މާފުށީގައި ބޭއްވި މުބާރާތުން މޯޑު ރަން މެޑަލް ހޯދީ 55 ކިލޯ ކެޓަގަރީންނެވެ. މޯޑުގެ އިތުރުން، ތައިލެންޑުގައި ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރަނީ މުހައްމަދު ޔާމީން (ޔާމްބެ)، އަޒްނީން ރަޝާދު، ހުސައިން ހިމްޔާން، ފަތުހުﷲ މުހައްމަދު، މުހައްމަދު އިމްރާހް އަދި އަބްދުﷲ އަހުސަންއެވެ.

ތައިލެންޑުގެ ބެންގްކޮކްގައި ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕް ކުރިއަށްދާނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޗެމްޕިއަންޝިޕްގައި ޖުމްލަ 44 ގައުމަކުން ވާދަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް