ކ. މާލެ
|
8 ޑިސެންބަރ 2022 | ބުރާސްފަތި 19:35
މުބާރާތުގެ ރަސްމީ ލޯގޯ ލޯންޗުކުރުން
މުބާރާތުގެ ރަސްމީ ލޯގޯ ލޯންޗުކުރުން
ޔޫތު މިނިސްޓްރީ
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ ދުނިޔޭގެ ފެޑެރޭޝަންގެ ނައިބު ރައީސަކަށް އިއްބެ
 
ނައިބު ރައީސްކަމުގެ މަގާމު އިއްބެ ކާމިޔާބުކުރީ އީރާންގެ އާމިރުއާ ވާދަކޮށްގެން

ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒިކް ފެޑެރޭޝަން (ޑަބްލިއުބީޕީއެފް)ގެ ނައިބު ރައީސްކަމުގެ މަގާމަށް ރާއްޖޭގެ ބޮޑީބިލްޑިންގ އެސޯސިއޭޝަން (ބީބީއޭއެމް)ގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) އިންތިޚާބުވެއްޖެއެވެ.

އެ މަގާމަށް އިއްބެ ތިންތިޚާބުވީ މިހާރު ތައިލެންޑުގައި ކުރިއަށްދާ ދުނިޔޭގެ ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގެ ތެރެއިން ކުރިއަށް ގެންދިޔަ ބޮޑީބިލްޑިން ފިޒިކް ފެޑެރޭޝަންގެ އިންތިޚާބުންނެވެ. ނައިބު ރައީސްގެ މަގާމު އިއްބެ ކާމިޔާބުކުރީ އީރާންގެ އާމިރުއާ ވާދަކޮށެވެ. އެ އިންތިޚާބުގައި އިއްބެ ވަނީ ބޮޑު ތާއީދެއް ހޯދާފައެވެ.

މީގެ ކުރިން އިއްބެ ވަނީ އޭޝިއާ ބޮޑީބިލްޑިންގ ފެޑެރޭޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް 2019 ވަނަ އަހަރު އިންތިޚާބުވެފައެވެ. މީގެ އިތުރުން އިއްބެއަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ބޮޑީބިލްޑިންގ މުބާރާތްތަކުގައި ފަނޑިޔާރެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވާ ފަރާތެކެވެ. އޭގެ ތެރޭގައި އޭޝިއަން ޗެމްޕިއަންޝިޕް، ވޯލްޑް ޗެންޕިއަންޝިޕްފަދަ މުބާރާތްތައް ފާހަގަކޮށްލެވެއެވެ.

ރާއްޖެއިން ވަނީ މިއަހަރުގެ ތެރޭގައި ބޮޑީބިލްޑިންގެ ބައިނަލްއަގުވާމީ މުބާރާތެއްވެސް ހޯސްޓުކޮށްފައެވެ. އޭރުވެސް އިއްބެގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ފާހަގަވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް