ކ. މާލެ
|
4 ޑިސެންބަރ 2022 | އާދީއްތަ 14:42
ފްރާންސް އަދި ޑެންމާކު ކުޅުނު މެޗުގެ ތެރެއިން
ފްރާންސް އަދި ޑެންމާކު ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާރސް
ފީފާ ވޯލްޑް ކަޕް
ތަށި ދިފާއުކުރަން ފްރާންސް ކުރިމަތިލަނީ ފުރަތަމަ ހަނގުރާމައާ
މިމެޗުގެ ކުރިން ޖެހިފައިވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓިއުނީޝިޔާ އަތުން ބަލިވުމުން ޓީމަށް ވެރިވި މޮޅިވެރިކަމުން އަރައިގަތުމަށް

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ތަށި ދިފާއު ކުރުމަށްކުރާ ދަތުރުގައި މިރޭ ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. ނަމަވެސް ފްރާންސަށް މިމެޗުގެ ކުރިން ޖެހިފައިވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓިއުނީޝިޔާ އަތުން ބަލިވުމުން ޓީމަށް ވެރިވި މޮޅިވެރިކަމުން އަރައިގަތުމަށެވެ. ޓިއުނީޝިޔާ މެޗަށް ފްރާންސް ނުކުތީ ފުރަތަމަ 11 ގެ ނުވަ ކުޅުންތެރިން ނުލައެވެ. އެ މެޗުން ބަލިވުމަކީ ދެވަނަ ބުރާ ކުރިމަތިލާއިރު ލިބުނު ވަރަށް ބޮޑު މޮޅިވަރިކަމެކެވެ.

ނަމަވެސް ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ މިއީ މުޅިން ތަފާތު ދެ ހާލަތެއް ކަމަށެވެ. އޭނާ ދެކޭ ގޮތުގައި ޓިއުނީޝިޔާ މެޗު ކުޅުނީ ދެ ވަނަ ބުރަށް ކޮލިފައިވީ ފަހުން ކަމަށްވުމުން އެ މެޗުން ބަލިވުމަކީ މާބޮޑު މައްސަލައެއް ނޫނެވެ. ނަމަވެސް ސަޕޯޓަރުންނާއި ފުޓްބޯޅައިގައި ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ ޓީމާމެދު އޮތް ޔަގީންކަން ކުޅުންތެރިންނަށް ގެއްލިދާނެ ފަދަ ކަމެކެވެ. މި ގޮތަށް ވާހަކަ ދައްކަނީ އެންމެ ފަހުގެ ޔޫރޯގައި ފްރާންސް ނެރުނު ނަތީޖާއިންނެވެ. ސްވިޒަލޭންޑުން ފަހަތުގައި މަޑުކޮށްލުމުން ފްރާންސް ހުއްޓި ނަތީޖާ ނުނެރެވި އެ މުބާރާތުން ކެޓުމަކީ އަދިވެސް ގިނަ ބަޔަކު ހިތްދަތިވި ނަތީޖާއެކެވެ.

މިރޭގެ މެޗުގައި ޕޮލެންޑާ ދެކޮޅަށް ކުޅޭއިރު ޕޮލެންޑަކީ އިހުތިރާމްދޭން ޖެހޭ ފަދަ ބޮޑު ޓީމެއް ކަމަށް ޑެޝޯމްޕްސް ބުނީ ވެސް އޭނާގެ ކުޅުންތެރިންގެ ސީރިއަސްކަން ބޮޑުކުރުމަށެވެ. ޕޮލެންޑްވުމުން ފަރުވާ ކުޑަކޮށްފައި ނުތިބުމަށް އިލްތިމާސް ކުރުމުގެ ގޮތުންނެވެ. މި ދެ ގައުމު އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވެސް ފްރާންސް ބަލިވެފައި ނެތުމަކީ ކޯޗާއި ކުޅުންތެރިންނަށް އުއްމީދު ގެނުވާ ކަމެކެވެ.

މިރޭގެ މެޗަކީ ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް އަށް ވަރަށް ހާއްސަ މެޗެކެވެ. މި މެޗަކީ ފްރާންސަށް އޭނާ ކުޅެދޭ 142 ވަނަ މެޗެވެ. މިއަދަދަށް ފްރާންސަށް މެޗުތައް ކުޅެދީފައިވާ ހަމައެކަނި ކުޅުންތެރިއަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ޑިފެންޑަރު ލިލިއަމް ތުރަމްއެވެ. މިރޭގެ މެޗު ލޮރިސްއަށް ހާއްސަވާއިރު ޓީމުގެ ޒުވާން ޒުވާން ފޯވަޑް މާކަސް ތުރާމް ހުރީ އޭނާގެ ބައްޕަގެ ރެކޯޑް ލޮރިސް އަތުލާތީވެ ފަހުރުވެރިވެފައެެވެ. ލޮރިސް އަށް މަރުހަބާ ކިޔަމުން މާކަސް ތުރަމް ބުނީ ކޮންމެވެސް ދުވަހަކު އޭނާގެ ބައްޕަގެ ރެކޯޑާއި ލޮރިސްގެ ރެކޯޑް ވެސް މުގުރާލަން އޭނާ ތައްޔާރުވާނެ ކަމަށެވެ.

ފްރާންސް ވޯލްޑްކަޕް 2018 ކާމިޔާބުކުރި އިރު އެންމެ ބޮޑަށް ފެނުނީ ޑިފެންސިވްކޮށް ޓީމުގެ ވަރުގަދަކަމެވެ. މުޅި ޓީމުގެ ރޭވުންތެރިކަން ފުރިހަމަކަމެވެ. ނަމަވެސް ޔޫރޯ 2020 ގައި ސްވިޒަލޭންޑްގެ ދެމެހެއްޓެވިގޮތެއްގައި އެއްވާނެއްގައި ކުޅުމުގެ ނަތީޖާއަކަށްވީ އެމީހުން އަތުން ބަލިވެ ފްރާންސް ކެޓުމެވެ. މިއީ ކޯޗު ޑެޝޯމްޕްސްގެ 3-4-1-2 ގެ ފޯމޭޝަނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމުގެ ހެއްކެކެވެ. އަނިޔާގެ ސަބަބުން ބައެއް މުހިންމު ކުޅުންތެރިންނަށް ނުކުޅެވުނަސް ފްރާންސް ޓީމަކީ ތަރިން ގިނަ ޓީމެކެވެ. މިހެންވެ މައްސަލަތައް ފަސޭހައިން ހައްލު ކުރެވޭނެ ކަމަށް ދުރުތިބީން ޔަގީންކުރެއެވެ. ނަމަވެސް ޓީމުގެ ކުޅުންތެރިކަން ކުޑަކަން އެންމެ ފަހުން ކުޅުނު މެޗުން ވެސް ފެނިގެންދިއުމަކީ ފްރާންސަށް ޓީމެއްގެ ސިފަ ގެނައުމުގައި ދިމާވެދާނެ އުނދަގޫތަކެކެވެ. މިކަން ނުކުރެވެނީ ބައެއް ކުޅުންތެރިންގެ އަމިއްލަ ސަބަބުތަކާހުރެއެވެ. އަނެއްކޮޅުން މިއީ ޑެޝޯމްޕްސްގެ ފަހު މުބާރާތް ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް