ކ. މާލެ
|
2 ޑިސެންބަރ 2022 | ހުކުރު 09:23
ފަރެސްމާތޮޑާ އެއާޕޯޓު
ފަރެސްމާތޮޑާ އެއާޕޯޓު
ހުވަދޫ ނިއުސް
ފަރެސްމާތޮޑާ އެއާޕޯޓު
ފަރެސްމާތޮޑާ އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަހަރު ނިންމޭނެ: އާޒިމް
ޖެނުއަރީ ނުވަތަ ފެބްރުއަރީ ހިސާބުގައި އެއާޕޯޓު ބޭނުންކުރަން ފެށޭނެ
މުލި، އަލިފުށި އަދި މަގޫދޫ އެއާޕޯޓު އަންނަ އަހަރު ހުޅުވޭނެ

ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އެމްޓީސީސީން ތަރައްގީކުރަމުންދާ އެއާޕޯޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އާޒިމް ވިދާޅުވީ މީގެ ކުރިން އަމާޒު ހިފީ މިއަހަރު ތެރޭގައި ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް ކަމަށެވެ. އެހެންނަމަވެސް ދުވަހެއް ދުވަހަކަށް ބަދަލުވަމުންދާ ހާލަތާއި އިގްތިސާދީ ހާލަތުގެ ސަބަބުން މަސައްކަތްތައް ލަސްވުމާއި، ޕްލޭންތައް ބަދަލުކުރުން ފަދަ ކަންކަން ކުރަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށްދާގޮތުން މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ފަރެސްމާތޮޑާ އެއާޕޯޓުގެ އަމަލީ މަސައްކަތް ނިންމަން އަމާޒުހިފާފައިވާ ކަމަށެވެ. އާޒިމް ވިދާޅުވީ އެކި ސަބަބުތަކާހުރެ އެއާޕޯޓަށް ބޭނުންވާ ބައެއް އިކުއިޕްމެންޓުތައް ލިބުން ލަސްވެފައިވާކަމަށެވެ. އެހެންނަމަވެސް ބޭނުންވާ އިކުއިޕްމެންޓުތައް ހަމަކޮށް އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ ހިސާބުގައި އެއާޕޯޓު ބޭނުންކުރަން ފެށޭނެ ކަމަށް ބެލެވޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މިވަގުތު މަސައްކަތް ކުރިއަށްދާ މ. މުލި އެއާޕޯޓާއި، ރ. އަލިފުށި އެއާޕޯޓު އަދި ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. މި މަސައްކަތްތަކުގައި ވެސް ގޮންޖެހުން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށާއި ރާއްޖޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ އަސަރު އެކުންފުންޏަށް ވެސް ކުރާ ކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބޭނުންފުޅުވެވަޑައިގަންނަވަނީ އެއްވެސް މަސައްކަތެއް ހުއްޓާނުލާ ކުރިއަށްގެންދިއުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތެރެއިން އެއްބާރުލުން ލިބެމުންދާކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ.

- ކޮމެންޓް