ކ. މާލެ
|
2 ޑިސެންބަރ 2022 | ހުކުރު 07:39
ސާބިއާގެ ކޯޗު ސްޓޮޖްކޯވިޗް
ސާބިއާގެ ކޯޗު ސްޓޮޖްކޯވިޗް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ސާބިއާ އިން މަސައްކަތް ކުރާނީ ސްވިޒަލެންޑުގެ ބަލިފައިތައް ދެނެގަނެގެން
މިއަހަރުގެ މުބާރާތުން ވަރަށް ހައިރާން ކުރުވަނިވި ނަތީޖާތަކެއް ފެނުނު

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ބަލިފައިތައް ދެނެގަންނަން މަސައްކަތް ކުރާނެ ކަމަށް ސާބިއާގެ ކޯޗު ޑްރަގަން ސްޓޮޖްކޯވިޗް ބުނެފިއެވެ.

އޭނާ މިހެން ބުނީ ސްވިޒަލެންޑް މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. ސްޓޮޖްކޯވިޗް ބުނީ، ސާބިއާ އިން ބޭނުންވާ ނަތީޖާ ނެރުމަށް މަސައްކަތް ކުރާނީ އިދިކޮޅު ޓީމުގެ ބަލި ފައިތަކާ، މެޗުން ކުރި ހޯދޭނެ ގޮތްތައް ދެނެގަނެގެން ކަމަށެވެ. އޭނާ ބުނީ މުބާރާތުގެ ގުރު ނެގި ހިސާބުން ވެސް ބްރެޒިލް އެހެން ލެވަލަކަށް ދާނެކަން އިނގުނު ކަމަށެވެ. އެހެންކަމުން ސާބިއާ އިން ޖެހޭނީ ސްވިޒަލެންޑް އަދި ކެމަރޫންއާއެކު ގްރޫޕްގެ ދެ ވަނަ ޓީމަށް ވާދަކުރަންކަން އޭރު ވެސް އެނގުނު ކަމަށެވެ. އޭނާ ބުނީ މުބާރާތުގެ ދެ ވަނަ ބުރަށް ދާން ސްވިޒަލެންޑް މެޗަކީ ސާބިއާ އަށް ވަރަށް މުހިންމު މެޗެއް ކަމަށާއި، ޓީމުގެ ފޯކަސް މެޗަށް އޮތް ކަމަށެވެ. އަދި މިއަހަރުގެ މުބާރާތުން ވަރަށް ހައިރާން ކުރުވަނިވި ނަތީޖާތަކެއް ފެނުނު ކަމަށާއި، ނަމަވެސް މެޗު ފަސޭހަ ކުރުމަކީ ލިބޭނެ ލަނޑެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ސާބިއާގެ ޑުސާން ވްލަހޮވިޗް ހުރީ މެޗަށް ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ. އޭނާ ބުނީ މިހާރު ވްލަހޮވިޗް ހުރީ މުބާރާތަށް އައި އިރަށްވުރެ ވެސް، މާ ފިޓުކޮށް ކަމަށެވެ. އެ މެޗުގައި އޭނާ ފުރަތަމަ 11 އިން ފެނިދާނެ ކަމަށާއި، ނަމަވެސް އެ ޕްރެސްގައި އެކަން ޔަގީންކޮށް ދެވެން ނެތް ކަމަށެވެ.

ސްޓޮޖްކޯވިޗްގެ އިތުރުން ޕްރެސްގައި ބައިވެރިވެ ވާހަލަ ދައްކަމުން ސާބިއާގެ ފޯވާޑް އެލެކްސެންޑާ މިޓްރޮވޮޗް ބުނީ، ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ހުރީ ފިޒިކަލީ ވަރަށް ފިޓުކޮށް ކަމަށެވެ. ނަމަވެސް މަތީ ފެންވަރުގެ މޮޅު ޓީމަކާ ދެކޮޅަށް ކުޅެން ޖެހުމުން ޓީމުގައި ޕްރެޝަރު އޮތް ކަމަށެވެ. އޭނާ ބުނީ އެމެޗާ އެއްގޮތަށް ކުރިއަށް އޮތް މެޗަށް ވެސް އޭނާ އާއި މުޅި ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށާއި، މެޗު ކުޅެން ކެތް މަދުވެފައި ހުރި ކަމަށެވެ.

ގްރޫޕް ޖީ ގައި ސްވިޒަލެންޑް އަދި ސާބިއާ ކުޅޭ މެޗު ފަށާނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

- ކޮމެންޓް