ކ. މާލެ
|
2 ޑިސެންބަރ 2022 | ހުކުރު 07:07
ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް
ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް
ޕްލޭނިން މިނިސްޓްރީ
ކުޅުދުއްފުށީ ބޯހިޔާވަހިކަމުގެ މަޝްރޫއު
ކުޅުދުއްފުށީގައި އިތުރު ހައުސިންގ ޔުނިޓުތަކެއް އަޅާނެކަމުގެ އިޝާރާތެއް
ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބީ 400 މީހުން ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އަދި ސަރުކާރަށް އެނގިވަޑައިގަންނަވާ
ރައްޔިތުން ގޮތް ނިންމާނީ ކަންކަން ބެލުމަށްފަހުގައި ކަމުގެ އިތުބާރާއި ޔަގީންކަން އެބައޮތް
ހައުސިންގ ގެނައުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި

ކުޅުދުއްފުއްޓަށް ބޭނުންވަނީ 400 ހައުސިންގ ޔުނިޓު ނޫން ކަމަށާއި، އިތުރު ހައުސިންގ ޔުނިޓުތައް ވެސް ގެންނަވާނެކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ކުޅުދުއްފުށީގައި ސަރުކާރުން އިމާރާތްކުރި ރޯހައުސްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބީ 400 މީހުން ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އަދި ސަރުކާރަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމަށް ބޭނުންވާ 1200 އެއްހާ މީހުން ކުޅުދުއްފުށީގައި އެބަތިބި ކަމަށާއި އިތުރު ހައުސިންގ ޔުނިޓުތައް ކުޅުދުއްފުއްޓަށް ގެންނާވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ގެނައުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، ވެރިކަމެއް ދެމި އޮންނާނީ ރައްޔިތުން އެގޮތަށް ނިންމުމުން ކަމަށެވެ. އަދި ކުރިއަށްދާންވީ ގޮތް ނިންމާނީ ވެސް ރައްޔިތުން ކަމަށެވެ.

ގައުމު ކުރިއަށްދާންވީ މިސްރާބު، ގައުމު ދުއްވަންވީ ކާކުކަން ނިންމުމުގެ ވަގުތު އައިސް މި ޖެހެނީ. އެކަން ތިބޭފުޅުން ވިސްނާވަޑައިގެންފައި އެކަމުގައި ގޮތެއް ނިންމަވާނީ ތިބޭފުޅުން. މިހާރު މިދާ މިސްރާބުގައި ކަންތައްތައްދާން ބޭނުންވާކަމުގައިވާނަމަ، ކަންތައްތައް ކުރަންވީ ގޮތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މުޅިން އަނެއް ފަރާތަށް އެނބުރި އެހެން ދިމާލަކަށް ދަތުރު ފެށި ހިސާބަށް ދާން ބޭނުންވާނަމަ ކަންތައްތައް ނިންމާނީ ތިބޭފުޅުން. އެއީ ތިބޭފުޅުންގެ އަތްމަތީގައި އޮތް ކަމެއް.
ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް

މިނިސްޓަރު ވިދާޅުވީ ކަން ހިނގަމުންދާގޮތް ފެންނަމުންދާ ކަމަށާއި، ކަން ހިނގާފައި އޮތް ގޮތް ވެސް ފެންނަމުންދާ ކަމަށެވެ. ރައްޔިތުން ގޮތް ނިންމަވާނީ ކަންކަން ބެލުމަށްފަހުގައި ކަމުގެ އިތުބާރު ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ދިވެހި ރައްޔިތުން ވެސް އަދި ކުޅުދުއްފުށީ ރައްޔިތުން ވެސް މިހާރު މިދާ މިސްރާބު އެއީ ގިނަ ރައްޔިތުންނަށް ކަމުދާނެ މިސްރާބެއްކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

އެހެންނަމަވެސް ނިންމުމެއް ނިންމީމަ ކަން އޮންނާނީ އެގޮތަކަށް ކަން އެނގިގެންދާނެ ކަމަށާއި، އުއްމީދުކުރައްވަނީ އެގޮތަށް ރައްޔިތުން އެކަން ނިންމަވާނެ ކަމަށެވެ.

- ކޮމެންޓް