ކ. މާލެ
|
29 ނޮވެންބަރ 2022 | އަންގާރަ 22:00
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
ރާއްޖެ- އިންޑިއާގެ ގުޅުން
އިންޑިއާއިން ވެދިން އެހީ އިން އެނގެނީ ރައީސްގެ ޚާރިޖީ ސިޔާސަތު ގައުމުތަކުން ބަލައިގަނެފައި ވާކަން: ޝާހިދު
މިއީ އިގްތިސާދީ ގޮތުން ރާއްޖެ ކުރިއަރުވަން ކުރާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށް މިނިސްޓަރ ވިދާޅުވި
އިންޑިއާއިން ރާއްޖެއަށް ދޭން ހަމަޖައްސާފައިވާ 100 މިލިއަން ޑޮލަރުގެ މާލީ އެހީގެ ރަމްޒީ ޗެކް ވަނީ ހަވާލުކޮށްފައި

އިންޑިއާއިން ރާއްޖެއަށް ވެދިން 100 މިލިއަން ޑޮލަރުގެ މާލީ އެހީ އިން އެނގެނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ގައުމުތަކުން ބަލައިގަނެފައިވާ މިންވަރު ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ދޭން ހަމަޖައްސާފައިވާ 100 މިލިއަން ޑޮލަރުގެ މާލީ އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިނިސްޓަރ ވަނީ އެ ހަފްލާ އަކީ އުފާވެރި ހަފްލާ އެއް ކަަމަށް ވިދާޅުވެފައެވެ. އެއީ އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ރާއްޖެ ކުރިއަރުވަން ކުރާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އެފަދަ އެހީތައް ލިބެނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ހިކުމަތްތެރި ވިސްނުމުގެ ސަބަބުން ކަމަށެވެ. އެގޮތުން އެ ފަދަ އެހީތަކުން މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަންނަ މިންވަރު ހާމަވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ އިންޑިއާއިން ރާއްޖޭގެ ތަރައްގީ އަށް ވަމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. ރާއްޖެ އަށް އެހީތެރިކަން ބޭނުންވާ ވަގުތުތަކުގައި އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ފުރަތަމަ އެހީވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ކޮވިޑް-19އިގެ ބަލިމަޑުކަން ފެތުރުނު ވަގުތު ވެސް އިންޑިއާގެ ދީލަތި އެހީތެރިކަން ރާއްޖެ އަށް ލިބުނު ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަންގާރަ ދުވަހުގެ، ރަސްމިއްޔާތުގައި "ސިމްބޮލިކް" ޗެކާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.

ފޮރިން މިނިސްޓްރީން ބުނީ މި 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓުކޮށްގެން ކަމަށެވެ.

- ކޮމެންޓް