ކ. މާލެ
|
28 ނޮވެންބަރ 2022 | ހޯމަ 14:15
ލަންކާއަށް ކަނޑައަޅުއްވާ އައު ސަފީރަކަށް ފާއިޒް
ލަންކާއަށް ކަނޑައަޅުއްވާ އައު ސަފީރަކަށް ފާއިޒް
ގޫގުލް
ލަންކާއަށް ކަނޑައަޅުއްވާ އައު ސަފީރު
ލަންކާއަށް ކަނޑައަޅުއްވާ އައު ސަފީރަކަށް ފާއިޒް ހަމަޖައްސަން ފާސްކޮށްފި
 
އޭނާ މަޤާމަށް އައްޔަން ކުރެއްވީ 62 މެމްބަރުންގެ ވޯޓާއި އެކުގަ

ދިވެހިރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަޤާމަށް މއ.މަނާގެ، ޢަލީ ފާއިޒު ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ލަންކާ ސަފީރަކަށް ފާއިޒު ހަމަޖެއްސެވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާ މަޤާމަށް އައްޔަން ކުރެއްވީ 62 މެމްބަރުންގެ ވޯޓާއި އެކުގައެވެ.

ލަންކާގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންފުޅު ފޮނުއްވާފައިވާ ފާއިޒަކީ ފުލުހުންގެ ޚިދުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ ރައީސްކަން ފާހަގަކޮށްލެެވެއެވެ. އޭނާ އަކީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމާއި، މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.

ލަންކާގެ ސަފީރުކަމުގެ މަޤާމަށް އޭނާ އައްޔަން ކުރައްވަން ފޮނުވާފައިވާ ސަބަބަކީ، އެޤައުމުގެ ސަފީރުކަމުގެ މަޤާމުގައި ކުރިން ހުންނެވި އުމަރު އަބްދުއްރައްޒާގު ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް