ކ. މާލެ
|
28 ނޮވެންބަރ 2022 | ހޯމަ 14:13
މުހައްމަދު ޒަޔާން މޫސާ
މުހައްމަދު ޒަޔާން މޫސާ
ފޭސްބުކް
ޒަޔާންގެ މަރުގެ މައްސަލަ
ޒަޔާންއަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލި މައްސަލައިގައި 7 މީހެއްގެ މައްޗަށް ދައުވާ އުފުލައިފި
 
މާރާމާރީއަކީ އައްޑޫ ސިޓީގެ ފޭދޫގައި ޖަމާއަތް ހަދައިގެން ކުށް ކުރަމުން އަންނަ ދެ ގްރޫޕްއެއްގެ މެދުގައި ހިންގި ސިލްސިލާ މާރާމާރީއެއް
 
މި މައްސަލައިގައި ހަތަރު ކުޑަކުދިން ހިމެނޭހެން 11 މީހަކު ހައްޔަރުކޮށްފައިވޭ
 
02 (ދޭއް) ކުދިން ކުށަށް އިޢުތިރާފުވެ، ޑައިވާޝަން ފުރުޞަތަށް އެދިފައިވޭ

ޒަޔާން އަށް ތޫނުއެއްޗަކުން ޙަމަލާދީ މަރާލި މައްސަލާގައި 7 މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މި މައްސަލައަކީ 2 ޖޫން 2022 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، އައްޑޫ ސިޓީގައި ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާއަށް ތޫނުއެއްޗަކުން ޙަމަލާދީ މަރާލި މައްސަލައެވެ. ޒަޔާނަށް ހަމަލާދިނީ ފޭދޫގެ ދެ ގޭންގެއްގެ ދެމެދުގައި އޮތް މައްސަލައަކާ ގުޅިގެންނެވެ.

އަމިއްލަ ގޭގެ ގޯތިތެރޭގައި ހުއްޓާ ދިން އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް 21 އަހަރުގެ ޒަޔާން މަރުވިއެވެ. ޒަޔާން މަރާލީ ބަދަލު ހިފުމުގެ މާރާމާރީއެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން 2 މީހެއްގެ މައްޗަށް އުފުލާފައިވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ބާކީ ތިބި ފަސް މީހުންނަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން ޖިނާއީ ކުށެއް ކުރުމަށް ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ މި މީހުންގެ މައްޗަށް އުފުލާފައިވެއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ

  1. އަބްދުﷲ ނިޒާރު، ސ. ފޭދޫ / ކާމަރަނގަގެ
  2. އަބްދުﷲ ޝިއާއު ރަޝީދު، ސ.ފޭދޫ / ދިރިމާގޭ
  3. އައިލިޝް އަލީ، ސ. ފޭދޫ / ފުފޫމާގޭ
  4. އަހުމަދު ނަބީލް، ސ. ފޭދޫ / ސަންޝައިން
  5. އަހުމަދު ޝުއާއު، ސ.ފޭދޫ / ދިރިމާގޭ
  6. ޔައިޝް އަންވަރު، ސ.ފޭދޫ / ކަދުރުމާގެ
  7. އަހުމަދު އަބްދުﷲ، ސ. ފޭދޫ / ކަރަންފޫގެ

ދައުވާ ލިބޭ 7 މީހުންގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އާދިއްތަ ދުވަހުއެވެ. މީގެ އިތުރުން މި މައްސަލައިގައި 18 އަހަރު ނުފުރޭ 4 ކުއްޖަކަށް ވެސް ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރެއިން އެކެއްގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު، ދެން ތިބި ތިން ކުދިންގެ މައްޗަށް އުފުލީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާލިބޭ 03 (ތިނެއް) ކުދިންގެ ތެރެއިން 02 (ދޭއް) ކުދިން ކުށަށް އިޢުތިރާފުވެ، ޑައިވާޝަން ފުރުޞަތަށް އެދިފައިވާތީ ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ ދަށުން ޑައިވާޝަން އެގްރީމެންޓު ހެދިފައިވާކަން ވެސް ޕީޖީ އޮފީހުން ފާހަގަކުރެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ތޫނު ހަތިޔާރު ގެންގުޅުމާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ.

ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
4 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކޮށްފި
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަމަދޫ ބްރާންޗުން ކަރަންޓު ބިލްތަކަށް ބަދަލުގެނެސް ފައިސާ ނަގާފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް