ކ. މާލެ
|
28 ނޮވެންބަރ 2022 | ހޯމަ 07:00
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ގައްދޫ ބަނދަރުގެ މަސައްކަތް ފެށުން
ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި
މިއީ 42.6 މިލިއަން ރުފިޔާގެ މަޝްރޫއެއް
މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށީ މިދިޔަ ހޮނިހިރު ދުވަހު

ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން މި މަސައްކަތް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަނީ އެ ރަށުގައި މިހާރު ހުރި ބަނދަރުގެ ނެރު ބަންދު ކުރުމުގެ މަސައްކަތެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓު ވެސް ސައިޓަށް ގެންދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 23،017 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތާއި 232 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ސްކޯރިން އޭޕްރަނެއް ހެދުމާއި ބްރިޖެއް ހެދުމާއި ހާބަރ ޕޭވްމަންޓު ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 42.6 މިލިއަން ރުފިޔާއަށެވެ.

- ކޮމެންޓް