ކ. މާލެ
|
27 ނޮވެންބަރ 2022 | އާދީއްތަ 05:41
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
މަޖިލިސް
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ބާކީ ހުރީ 98 މިލިއަން ރުފިޔާ
އޮކްޓޯބަރު މަސް ނިމެން ގާތްވީއިރު ފަންޑުގައި ބާކީ 1 ބިލިއަން ރުފިޔާ ހުރި
ފަންޑުގެ ސައިޒަކީ 5.1 ބިލިއަން ރުފިޔާ

މިހާރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ބާކީހުރީ 98.7 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ފާއިތުވި މަހު ބާކީ ހުރި މިންވަރާ އަޅާ ބަލާއިރު މިމަހުގެ މިހާތަނަށް ބާކީ ހުރި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިދިޔަ މަސް ނިމެން ކައިރިވީއިރު 1 ބިލިއަން ރުފިޔާ މި ފަންޑުގައި ބާކީ ހުއްޓެވެ.

ނޮވެމްބަރު 10 ގެ ނިޔަލަށް މި ފަންޑުގައި ބާކީ ހުރި މިންވަރު ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސްހިސާބުން ދައްކާގޮތުގައި އޭރު މި ފަންޑުގައި ބާކީ ހުރީ 80 މިލިއަން ރުފިޔާއެވެ. ނޮވެމްބަރު 17 ގައި އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި މި އަދަދު ވަނީ 98.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެ ހަފްތާ ތެރޭގައި މި ފަންޑަށް 720.4 މިލިއަން ރުފިޔާ ފަންޑަށް ފޮނުވާފައިވެއެވެ.

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ސައިޒަކީ 5.1 ބިލިއަން ރުފިޔާއެވެ. މި އަހަރު ފެށުނުއިރު އެ ފަންޑުގައި 1.2 ބިލިއަން ރުފިޔާ ބާކީ ހުއްޓެވެ.

އަހަރުގެ މިހާތަނަށް އައިއިރު މި ފަންޑުގައި ހުރި ފައިސާ މިހާ ބޮޑަށް މަދުވެފައިވަނީ އެކި އެކި ކަންކަމަށް އިންވެސްޓްކުރުމުންނެވެ. އެހެންނަމަވެސް މި ފަންޑުގެ މައިގަނޑު މަގުސަދަކީ ބޭރުގެ އެކި ތަންތަނުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ސަރުކާރަށް ދަތިވާ ވަގުތުގައި މި ފަންޑުން ލޯނު ދެއްކުމެވެ.

ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރަށް މި ފަންޑުގައި 9.2 ބިލިއަން ރުފިޔާ ބެހެއްޓުމެވެ. މިއީ ދަރަނި އަދާކުރުމަށް ދިމާވެދާނެ ދައްޗަކަށް ބަލައެވެ.

- ކޮމެންޓް