Advertisement
ކ. މާލެ
|
25 ޖޫން 2017 | އާދީއްތަ 18:03
ސެޓެލައިޓް އިމޭޖް - 25 ޖޫން 2017
ސެޓެލައިޓް އިމޭޖް - 25 ޖޫން 2017
މީޓިއޯސެޓް-8
ރާއްޖޭގެ މޫސުން
މި ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މޫސުމާއި ބެހޭ ޤައުމީ އިދާރާ
ދަތުރު ކުރުމުގައި ވިސްނަންޖެހޭ ވަކި ޚާއްސަ ކަމެއް ނެތް: މެޓް

މި ފެށުނު ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ އާދިއްތަ ދުވަހާއި ހޯމަ ދުވަހު ރާއްޖޭގެ އުތުރާއި މެދުތެރޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް ހޯމަ ދުވަހުން ފެށިގެން ވިއްސާރަކުރާނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑު މަޑުވާނެ ކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން މައުލޫމާތުދެއެވެ.

ދަތުރު ފަތުރު ކުރުމުގައި ސަމާލުވާންޖެހޭ ވަކި ޚާއްސަ ކަމެއް ނެތްކަމަށާއި އެހެން ނަމަވެސް ކަނޑު އަދައިގެ ވަރަކަށް ގަދަވާނެކަމަށް ދަތުރުވެރިން ވިސްނުމުގައި ބެހެއްޓުމަށް މެޓް އޮފީހުން މައުލޫމާތުދިނެވެ.

އާދިއްތަ ދުވަހުގެ ސެޓެލައިޓް އިމޭޖަށް ބަލާއިރު ރާއްޖޭގެ މައްޗަށް ވިއްސާރަ ވިލާ އަރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިއަހަރުގެ ފިތުރު ބަންދާ ދިމާކޮށް ގިނަ ބަޔަކު ވަނީ އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށްވެސް ދަތުރުކޮށްފައެވެ. އަދި ފުލުހުން ވަނީ އީދު ކުޅިވަރު ކުޅޭއިރު ރައްކާތެރިކަން އިސްކުރުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

    

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް