ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 13:33
ދިރާގުގެ ސީއީއޯ
ދިރާގުގެ ސީއީއޯ
ޝުއައިބް މުހައްމަދު އިގްބާލް
ދިރާގުގެ ޚިދުމަތްތައް
ސަރުކާރުގެ ޓްރެޜަރީއަށް އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 300 މިލިއަން ރުފިޔާ ދެން - ސީއީއޯ
އާބާދީގެ 86 އިންސައްތަ ގޭބީސީއަށް ދިރާގުގެ "ފައިބަރ ޓު ދަ ހޯމް"ގެ ޚިދުމަތް ދިރާގުން ފޯރުކޮށްދޭ
ދިރާގުން ޓެކްސްގެގޮތުގައި 380 މިލިއަން ރުފިޔާ ދައުލަތަށް ދައްކާ

ސަރުކާރުގެ ޓްރެޜަރީއަށް އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 300 މިލިއަން ރުފިޔާ ދެމުންދާކަމަށާއި، އެއީ ހިއްސާގެ ޑިވިޑެންޓުގެ ގޮތުގައި ދޭ އަދަދު ކަމަށް ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވެއްޖެއެވެ.

ދިރާގުން ހާސިލްކޮށްފައިވާ ކާމިޔާބީތައް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ދިރާގަކީ ހަރުދަނާ ވިޔަފާރި ކުންފުންޏެއް ކަމަށެވެ. އަދި ދިރާގަކީ އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ކުންފުންޏެއްކަން އިސްމާއީލް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޓެކްސްގެ ގޮތުގައި 380 މިލިއަން ރުފިޔާ ދައުލަތަށް ދެމުންދާކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއަށް ޚަރަދު ކުރެވޭނެ ފައިސާކަމަށް ގަބޫލުފުޅުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އިސްމާއީލް ވަނީ އެކަންކަމަށް ބެލުމުން، ދިރާގަކީ ކާމިޔާބު ކުންފުންޏެއް ކަަމަށް ދެންނެވުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

އާބާދީގެ 86 އިންސައްތަ ގޭބީސީއަށް ދިރާގުގެ "ފައިބަރ ޓު ދަ ހޯމް"ގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ކުރިއަރާފައިވާ ގައުމުތަކަށްވެސް ނުކުރެވޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދިރާގު އުފެދުނުތާ 30 އަހަރުވީއިރު، ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް މުވާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނުކަމަށް އޭނާ ވިދާޅުވިއެވެ. އާބާދީގެ ހުރިހާ އެންމެންނަށް މޯބައިލް ބްރޯޑްބޭންޑް ފޯރުކޮށްދިނުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް