ކ. މާލެ
|
25 ނޮވެންބަރ 2022 | ހުކުރު 07:29
އިންގްލެންޑުގެ ކޯޗު ސައުތުގޭޓް
އިންގްލެންޑުގެ ކޯޗު ސައުތުގޭޓް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
އިންގްލެންޑުގެ ފުރަތަމަ 11 އިން ކެޕްޓަން ކޭން ނުފެނިދާނެ
 
ކޭންގެ ފަރިތަކުރުންތައް ދިޔައީ ރަނގަޅަށް، މައްސަލައެއް ނެތް

އިންގްލެންޑުގެ ފުރަތަމަ 11 އިން ކެޕްޓަން ހެރީ ކޭން ނުފެނިދާނެކަމުގެ އިޝާރާތެއް ކޯޗު ގެރެތު ސައުތުގޭޓް ދީފިއެވެ.

މިފަދައިން ސައުތުގޭޓް ވާހަކަ ދެއްކީ ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި އެމެރިކާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އިންގްލެންޑުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކޭން އަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް ސައުތުގޭޓް ބުނީ އޭގެ ފަހުން ދެ ވަނަ މެޗަށް ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ކޭން ބައިވެރިވި ކަމަށެވެ. އޭނާ ބުނީ ކޭންގެ ފަރިތަކުރުންތައް ދިޔައީ ރަނގަޅަށް ކަމަށާއި، ކޭންގެ މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ސައުތުގޭޓް ވަނީ މެޗުގެ ފުރަތަމަ 11 އިން ކޭން ނުފެނިދާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.

އާން، ހެރީ ކޭން ރަނގަޅު. ފަރިތަކުރަމުން އައީ، އެއްވެސް މައްސަލައެއް ނެތް. މެޗުގެ ފުރަތަމަ 11 ގައި ކޭން ނުހިމެނުން ވެސް އެއީ ރަނގަޅު ނިންމުކަމަށް ވެދާނެ.
ސައުތުގޭޓް / އިންގްލެންޑުގެ ކޯޗު

މީގެ އިތުރުން ސައުތުގޭޓް ބުނީ މިހާތަނަށް އައިއިރު ބޮޑު އެއްވެސް މުބާރާތެއްގައި އެމެރިކާ ބަލިކޮށްފައި ނެތް ކަމަށާއި، އެހެންކަމުން ބޭނުންވަނީ އެކަންކޮށް ތާރީޚު ބަދަލުކުރަން ކަމަށެވެ. ސައުތުގޭޓް ބުނީ ބޭނުމަކީ ގްރޫޕްގެ އެއް ވަނަ ހޯދުން ކަމަށެވެ. އަދި އިދިކޮޅު ޓީމަށް ފުރިހަމަ އަށް އިހުތިރާމް ކުރާނެ ކަމަށެވެ. އޭނާ ބުނީ އެމެރިކާ ޓީމު އަންޑައެސްޓިމޭޓް ނުކުރާނެ ކަމަށާއި، ކުޅުންތެރިން ވެސް ތިބޭނީ އެގޮތުގައި ކަމަށެވެ.

ސައުތުގޭޓް ބުނީ އިންގްލެންޑުގެ ހުރިހާ ކުޅުންތެރިން ވެސް އަންނަނީ ބޮޑެތި ކުލަބުތަކުގައި ކުޅެމުން ކަމަށެވެ. އެ ކުޅުންތެރިން ކޮންމެ ހަފްތާއަކު ކުޅެން ޖެހޭކަން ފާހަގަކުރަމުން ސައުތުގޭޓް ބުނީ، ޤައުމީ ޓީމުގައި ވެސް އެ މަސައްކަތް ކުރަން ޖެހޭނެކަން ކުޅުންތެރިންނަށް އެނގޭނެ ކަމަށެެވެ.

ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި އިންގްލެންޑުން އެމެރިކާއާ ދެކޮޅަށް ނުކުންނާނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް