ކ. މާލެ
|
25 ނޮވެންބަރ 2022 | ހުކުރު 07:14
ޕްރެސްގައި ޤަތަރުގެ ކޯޗު ސަންޗޭޒް
ޕްރެސްގައި ޤަތަރުގެ ކޯޗު ސަންޗޭޒް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ކަންކަން ރަނގަޅު ކުރެވިއްޖެ، ޕްރެޝަރެއް ނެތި ކުޅެވޭނެ: ސަންޗޭޒް
 
ޓީމު މިހާރު އޮތީ ޕްރެޝަރުން އަރައިގަނެ، ހަމަޖެހިގެން ކުޅެވޭނެ ފަދަ ހާލަތެއްގައި

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ސެނެގާލްއާ ދެކޮޅަށް ނުކުންނައިރު، ކުރިން މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރެވިއްޖެ ކަމަށް ޤަތަރުގެ ކޯޗު ފެލިކްސް ސަންޗޭޒް ބުނެފިއެވެ.

ސެނެގާލް މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަަކަ ދައްކަމުން ސަންޗޭޒް ބުނީ، ޓީމު މިހާރު އޮތީ ޕްރެޝަރުން އަރައިގަނެ، ހަމަޖެހިގެން ކުޅެވޭނެ ފަދަ ހާލަތެއްގައި ކަމަށެވެ. ސަންޗޭޒް ބުނީ ކުރިން ވެސް އޭނާ ފާހަގަ ކުރި ގޮތަށް ކުރީ ދުވަހުގެ މެޗަށްވުރެ ރަނގަޅަށް، މޮޅު ކުޅުމެއް ޤަތަރު ޓީމަށް ދެއްކޭނެ ކަމަށެވެ. އޭނާ ބުނީ ޤަތަރުން ދެ ވަނަ މެޗުގައި ވެސް ނުކުންނަން ޖެހެނީ ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށް ކަމަށެވެ. އަދި ޤަތަރު ޓީމުން އަމިއްލަ ކަންކަމަށް މަސައްކަތް ކުރާނެ ކަމަށާއި، މެޗުގައި ވާނެ ގޮތެއް ބަލަން ޖެހޭނެ ކަމަށެވެ.

ސަންޗޭޒް އިތުރަށް ބުނީ ފުޓުބޯޅައިގައި ކަންތައް ދިމާވެދާނެ އެތައް ހާލަތެއް އޮންނާނެ ކަމަށެވެ. ނަމަވެސް އަބަދުވެސް އެންމެ އިސްކަމެއް ދޭނީ އެންމެ މޮޅު ކުޅުން ދައްކަން ކަމަށެވެ. އޭނާ ބުނީ އެންމެ މަތީ ފަންތީގެ މުބާރާތްތަކުގައި ސަމާލުވެގެން ނުތިބެއްޖެ ނަމަ، ކޮންމެ ވަގުތަކު ވެސް ބޮނޑިއެއް ލިބިދާނެ ކަމަށެވެ.

މަތީ ފަންތީގެ މިކަހަލަ މުބާރާތްތަކުގައި، ކޮންމެ ވަގުތަކު ވެސް ހެދޭ ގޯހެއް ނުވަތަ އެންމެ މޮޅު ކުޅުން ނުދެއްކޭ ވަގުތުގައި ބޮނޑިއެއް ލިބިދާނެ.
ފެލިކްސް ސަންޗޭޒް / ޤަތަރުގެ ކޯޗު

މީގެ އިތުރުން ސަންޗޭޒް ބުނީ މުބާރާތް ހުޅުވި މެޗު އެއީ ވަރަށް ތާރީޚީ މެޗެއް ކަމަށާއި، ނަމަވެސް ސަޕޯޓަރުން އުއްމީދު ކުރި ނަތީޖާއެއް ނެރެނުދެވުން ކަމަށެވެ. އަދި ކޯޗެއްގެ ހައިސިއްޔަތުން އޭނާ ކުޅުންތެރިން ދެކެ ގަޔާވާ ކަމަށާއި، ޕްރެޝަރާ ކުރިމަތިލަނީ ވަރަށް ކެރިގެން ކަމަށެވެ. އޭނާ ބުނީ އަބަދުވެސް އުއްމީދުތައް ހުންނަނީ މޮޅަށް ކުޅެވޭނެ ކަމަށެވެ.

ސަންޗޭޒް ބުނީ ޤަތަރުގައި ވޯލްޑް ކަޕް ބޭއްވުމާ އެކު ވެސް އެ ޤައުމުގެ ފުޓުބޯޅަ އަށް ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އަދި އުއްމީދަކީ ސެނެގާލްއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި، އެ މެޗުން ނަތީޖާ ނެރެވުން ކަމަށެވެ. ސަންޗޭޒް ބުނީ ޤަތަރުގެ ހުރިހާ ކުޅުންތެރިން ތިބީ އެ މެޗަށް ތައްޔާރަށް ކަމަށެވެ.

ޤަތަރުން ސެނެގާލާ ދެކޮޅަށް ނުކުންނާނީ ހުކުރު ދުވަހުގެ 18:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް