ކ. މާލެ
|
24 ނޮވެންބަރ 2022 | ބުރާސްފަތި 07:16
ޖަޕާންގެ ކޯޗު މޮރިޔާސޫ
ޖަޕާންގެ ކޯޗު މޮރިޔާސޫ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
މިއީ ބޮޑު ކާމިޔާބީއެއް، ނަމަވެސް ކުރިއަށް އަދި އޮތީ: މޮރިޔާސޫ
 
ޖަޕާންގައި ވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ތިބި، އެހެންކަމުން އެއީ ހައިރާންވާން ޖެހޭ ނަތީޖާއެއް ނޫން

ފީފާ ވޯލްޑް ކަޕް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖަރުމަނު ބަލިކުރެވުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށް ޖަޕާންގެ ކޯޗު ހާޖިމީ މޮރިޔާސޫ ބުނެފިއެވެ.

ޖަރުމަނު މެޗަށްފަހު ވާހަކަ ދައްކަމުން އޭނާ ބުނީ ލިބުނީ ބޮޑު އަދި ތާރީޚީ ކާމިޔާބެއް ކަމަށެވެ. ނަމަވެސް އޭނާ ފާހަގަ ކުރި ގޮތުގައި ކުރިއަށް އޮތް ތަނުގައި ކުރަން ޖެހޭ މަސައްކަތް އަދި މާ ބޮޑެެވެ. އޭނާ ބުނީ ޖަރުމަނު އަތުން ލިބުނު ކާމިޔާބީން ބުނެދެނީ ފާއިތުވި ދުވަސްތަކުގައި ކުރެވުނު މަސައްކަތުް ޖަޕާންގެ ފުޓުބޯޅަ ކުރިއަރާފައިވާ ކަމަށެވެ. އޭނާ ބުނީ ޖަޕާންގައި ވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ތިބި ކަމަށާއި، އެހެންކަމުން އެއީ ހައިރާންވާން ޖެހޭ ނަތީޖާއެއް ނޫން ކަމަށެވެ.

އަހަރެން ޤަބޫލު ކުރަނީ މިއީ ތާރީޚީ ވަގުތުކޮޅެއް ކަމަށް. ތާރީޚީ ކާމިޔާބެއް ކަމަށް. މިކަން ގުޅެނީ ފާއިތުވި އަހަރުތަކުގައި ޖަޕާންގެ ފުޓުބޯޅަ ކުރިއަރުވަން ކުރެވުނު މަސައްކަތާ، ޓީމެއް ބިނާ ކުރުމަށް ކުރެވުނު މަސައްކަތާ. ހަމައެއާއެކު ޖަރުމަނުގެ ކުޅުންތެރިން ވެސް ދުނިޔޭގެ ފެންވަރުގައި ކުޅޭ، އެހެންވީމަ މިއީ ހައިރާންވާ ކަމެއް ނޫން.
ހާޖިމީ މޮރިޔާސޫ / ޖަޕާންގެ ކޯޗު

މީގެ އިތުރުން އޭނާ ބުނީ މިއީ ބޮޑު މޮޅެއް ކަމަށާއި، ނަމަވެސް އަދި މުބާރާތް ނިމުނީ ނޫން ކަމަށެވެ. އަދި އެކަން ޓީމުގެ ކުޅުންތެރިން ހަނދާން ނައްތާލަން ވެސް ބޭނުންނުވާ ކަމަށެވެ. މޮރިޔާސޫ ބުނީ ކުރިއަށް އޮތް ކޮސްޓަރިކާ މެޗު ވެސް ސީރިއަސްކޮށް ނަގައިގެން، މޮޅުވާން ކުޅެން ޖެހޭ ކަމަށް ކުޅުންތެރިން ގާތު ބުނެފައިވާނެ ކަމަށެވެ. މޮރިޔާސޫ ބުނީ އެމެޗަށް ވެސް ތައްޔާރުވާނީ އެންމެ ފުރިހަމަ އަށް ކަމަށެވެ.

ކޮސްޓަރިކާއާ ދެކޮޅަށް ޖަޕާނުން ނުކުންނާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް