ކ. މާލެ
|
24 ނޮވެންބަރ 2022 | ބުރާސްފަތި 07:10
ޕޯޗުގަލްގެ ކޯޗު ސަންޓޯސް
ޕޯޗުގަލްގެ ކޯޗު ސަންޓޯސް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ޗެލެންޖު ބޮޑު، ގޯލަކާއި ޓާގެޓެއް ވެސް އެބަ އޮތް: ސަންޓޯސް
 
ޤައުމުގެ ރައްޔިތުން އުފާކޮށްދިނުމަށް ކުޅުންތެރިން އެމީހުންގެ ކަށިން ހިތްވަރު ނެރޭނެ

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ގާނާއާ ދެކޮޅަށް ނުކުންނައިރު ޓީމަށް ޗެލެންޖު ބޮޑު ކަމަށާއި، ނަމަވެސް ގޯލަކާއި ޓާގެޓެއް އެބަ އޮތް ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

ސަންޓޯސް މިހެން ބުނީ ގާނާ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައެވެ. އޭނާ ބުނީ ޓީމަށް އޮތް ޗެލެންޖު އިހުސާސްވާ ކަމަށާއި، ނަމަވެސް މުބާރާތުގައި ތިބީ ޕޯޗުގަލް ރައްޔިތުން ވެސް އުންމީދުތަކާއެކު ކަމަށެވެ. އޭނާ ބުނީ ޤައުމުގެ ރައްޔިތުން އުފާކޮށްދިނުމަށް ކުޅުންތެރިން އެމީހުންގެ ކަށިން ހިތްވަރު ނެރެގެން ދަނޑު މަތީގައި މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ ބުނީ 2016 ވަނަ އަހަރުގެ ފަހުން ޕޯޗުގަލް ޓީމަކީ ވަރަށް ވަރުގަދަ ޓީމެއްކަން ވެސް އިހުސާސްވަމުން އަންނަ ކަމަށެވެ.

ދަނޑުމަތީގައި ކުޅުންތެރިން އެމީހުންގެ އެންމެ ފުރިހަމަ މަސައްކަތް ދައްކާނެ. ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރާނީ ޤައުމުގެ ރައްޔިތުން އުފާކޮށްދެވޭތޯ. 2016 ވަނަ އަހަރުގެ ފަހުން އަހަރަމެންނަކީ ވަރުގަދަ ބައެއްކަން އިހުސާސްވޭ، ފުޓުބޯޅަ ވަރުގަދަވެއްޖެ ކަން ވެސް އިހުސާސްވޭ.
ފެނާންޑޯ ސަންޓޯސް / ޕޯޗުގަލްގެ ކޯޗު

ޕްރެސްގައި ސަންޓޯސް ވެސް ވަނީ ވަން ލަވް ކެޕްޓަން ބޭންޑުގެ ވާހަކަ އަށް އަލިއަޅުވާލާފައެވެ. އޭނާ ބުނީ ފާއިތުވި އަހަރުތަކުގައި އޭނާ އަށް ވެސް ވިސްނުނު ކަންތައްތަކެއް ހުރި ކަމަށެވެ. އޭނާ ބުނީ 1975 ވަނަ އަހަރު އޭނާގެ ޤައުމުން ވެސް ހަނގުރާމަ ކުރަމުން އައި ޑޮމޮކްރަސީ އާއި ހަމަޖެހުމަށް ކަމަށެވެ. އަދި މިކަހަލަ މައްސަލަތަކަށް އެތައް އެތައް އަހަރެއް ވަންދެން މަސައްކަތް ކުރި ކަމަށެވެ. އޭނާ ބުނީ އަބަދުވެސް ޤަބޫލު ކުރާ ހަމަޔަކީ އެހެން މީހުންގެ ވިސްނުމާއި، އާދަކާދަޔަށް އިހުތިރާމު ކުރަން ޖެހޭނެ ކަމެވެ.

ޕްރެސްގައި އޭނާ ވަނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކަ ވެސް ދައްކާފައެވެ. ސަންޓޯސް ބުނީ ރޮނާލްޑޯގެ އަމިއްލަ ކަންކަމުގެ ވާހަކަ އޭނާ ނުދައްކާނެ ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންގެ ވެސް ފޯކަސް ހުރީ ވޯލްޑް ކަޕަށް ކަމަށާއި، ޓީމުގައި އޮތީ ރަނގަޅު ރޫޙެއް ކަމަށެވެ.

މުބާރާތުގައި ޕޯޗުގަލް އިން ގާނާއާ ދެކޮޅަށް ނުކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް