ކ. މާލެ
|
24 ނޮވެންބަރ 2022 | ބުރާސްފަތި 07:07
ސާބިއާގެ ކޯޗު ސްޓޮޖްކޯވިޗް
ސާބިއާގެ ކޯޗު ސްޓޮޖްކޯވިޗް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ބްރެޒިލްގައި ތިބީ ރަން ޒަމާނުގެ ކުޅުންތެރިން، މެޗު ވަރަށް އުނދަގޫވާނެ: ސްޓޮޖްކޯވިޗް
 
ޓީމެއްގެ ހައިސިއްޔަތުން ސާބިއާ ޖެހޭނީ އެމީހުންގެ ސްޓައިލްގެ ފުޓުބޯޅައެއް ކުޅެން

ފީފާ ވޯލްޑް ކަޕްގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގައި ތިބީ ރަން ޒަމާނުގެ ކުޅުންތެރިން ކަމަށް ސާބިއާގެ ކޯޗު ޑްރަގަން ސްޓޮޖްކޯވިޗް ބުނެފިއެވެ.

އޭނާ މިހެން ބުނީ ބްރެޒިލާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައެވެ. ސްޓޮޖްކޯވިޗް ބުނީ ބްރެޒިލްގައި ނަސީބު ރަނގަޅު ކަމުން ހަތަރު ސްޓަރައިކަރުން އެބަ ތިބި ކަމަށެވެ. އޭނާ ބުނީ ބްރެޒިލްގެ ޑިފެންސް ވެސް ފެންނަނީ ވަރުގަދަކޮށް ކަމަށެވެ. އެކަންކަމަށް ބަލާއިރު ބްރެޒިލަކީ ވަރަށް ވަރުގަދަ ޓީމެއްކަން ފާހަގަ ކުރަމުން ސްޓޮޖްކޯވިޗް ބުނީ އެމީހުންނަކީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ޤައުމު ކަމަށެވެ. އެހެންކަމުން ބްރެޒިލް މެޗު ވަރަށް އުނދަގޫވާނެކަން ފާހަގަ ކުރަމުން ސްޓޮޖްކޯވިޗް ބުނީ ޓީމެއްގެ ހައިސިއްޔަތުން ސާބިއާ ޖެހޭނީ އެމީހުންގެ ސްޓައިލްގެ ފުޓުބޯޅައެއް ކުޅެން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ޓެކްޓިކަލް ހުނަރާއި އަދި ޓެކްނިކަލް ހުނަރާއެކު ބްރެޒިލް އަށް އުނދަގޫ ޓީމަކަށް ވާން ސާބިއާ ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ މެޗު ފަށާނީ ވެސް ސުމެއް ސުމަކުން ކަމަށާއި، ބްރެޒިލް އަދި ސާބިއާ އަށް ވެސް މޮޅުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންކަމުން ސާބިއާ އަކީ އެއްވެސް ޓީމެއް ދެކެ ބިރު ގަންނާނެ ޓީމެއް ނޫން ކަމަށް ސްޓޮޖްކޯވިޗް ބުންޏެވެ.

އަހަރަމެންނަށް ބްރެޒިލް އަދި ކެމަރޫން އަތުން މޮޅުވެވިއްޖެނަމަ، އެ ހަ ޕޮއިންޓާއެކު އިތުރު އެހެން އެއްޗެެއް ބޭނުމެއް ނުވާނެ ކަން ނޭންގެ. އެކަމަކު ބުނަމާ، އަހަރަމެން އެއްވަސްވަން މި ގްރޫޕަކީ ވަރަށް އުނދަގޫ ގަރޫޕެއް ކަމަށް. ވަރަށް ވަރަށް އުނދަގޫވާނެ. ފަހަރުގައި ހަމައެކަނި ފޭވަރިޓުންނަކީ ބްރެޒިލަށް ވެސް ވެދާނެ، އަހަރަމެން އެކަމާ އެއްބަސްވަން.
ސްޓޮޖްކޯވިޗް / ސާބިއާގެ ކޯޗު

އޭނާ ބުނީ ސާބިއާގެ ފަރިތަކުރުންތައް ވެސް ދިޔައީ ރަނގަޅަށް ކަމަށާއި، ޖުމުލަ ގޮތެއްގައި ޓީމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. މީގެ އިތުރުން ސްޓޮޖްކޯވިޗް ބުނީ ބްރެޒިލް ކަހަލަ ޓީމަކާ ދެކޮޅަށް ކުޅުމަކީ މުޅި ގޭމް ޕްލޭނަށް ވެސް ބަދަލު އަންނާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެގޮތަށް މެޗު ރާވާލައި، ސާބިއާ އޮތީ މެޗަށް ތައްޔާރަށް ކަމަށް އޭނާ ބުންޏެވެ.

ސާބިއާ އިން ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
75%
0%
0%
0%
25%
ކޮމެންޓް