ކ. މާލެ
|
24 ނޮވެންބަރ 2022 | ބުރާސްފަތި 01:58
ކޮރެއާގެ ކޯޗު ބެންޓޯ
ކޮރެއާގެ ކޯޗު ބެންޓޯ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް 2022
އުރުގުއޭއާ ދެކޮޅަށް ކުޅެން ސޮން ހުރީ ތައްޔާރަށް
 
ކޮރެއާ އާއި އުރުގުއޭ ބައްދަލު ކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހު ރާއްޖެ ގަޑިން 18:00 ގައި

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި އުރުގުއޭއާ ދެކޮޅަށް ނިކުންނައިރު، ސައުތު ކޮރެއާގެ ސޮން ހުއެން މިން ހުރީ ކުޅެން ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު ޕައުލޯ ބެންޓޯ ބުނެފިއެވެ.

އުރުގުއޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ބެންޓޯ ބުނީ، މާސްކު އަޅައިގެން ކުޅެން ޖެހުނު ނަމަވެސް އޭގެ އުނދަގުލެއް ސޮން އަށް ނުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އޭނާ ބުނީ ސޮން ހުރީ އެކަމަށް ތައްޔާރުވެފައި ކަމަށެވެ. ބެންޓޯ ބުނީ އަނިޔާއިން ރަނގަޅުވެ ސޮން ފަރިތަކުރުންތަކަށް ގުޅުނު ހިސާބުން އޭނާ އަށް ޚާއްސަ ޕްލޭން އަށް މަސައްކަތް ކުރި ކަމަށެވެ. ބެންޓޯ ފާހަގަ ކުރި ގޮތުގައި އެންމެ ފަހުން ކުރިއަށް ގެންދިޔަ ފައިނަލް ފަރިތަކުރުންތަކުގައި ވެސް ސޮންގެ މަސައްކަތް ރަނގަޅު ކަމަށާއޮ، އޭނާ ހުރީ މެޗަށް ތައްޔާރަށް ކަމަށެވެ.

މާދަމާގެ މެޗުގައި އަހަރަމެންނަށް އިނގޭނެ ސޮން އަށް މާސްކާއެކު ކުޅެން އުނދަގޫވޭތޯ ނުވަތަ ފަސޭހަވޭތޯ. އަހަރެންގެ އުއްމީދަކީ ސޮން އަށް އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތި ނުވުން.
ޕައުލޯ ބެންޓޯ / ސައުތު ކޮރެއާގެ ކޯޗު

ޕްރެސްގައި ވާހަކަ ދައްކަމުން ކޮރެއާގެ ވޫޔޮން ޖުން ބުނީ އުރުގުއޭ ޓީމާ ގުޅޭ ދިރާސާއެއް ހެދި ކަމަށާއި، އެ ޓީމުގެ ކުޅުންތެރިންގެ ބުންވަރާއި، ފެންވަރު ދެނެގަނެވިފައިވާ ކަމަށެވެ. އޭނާ ބުނީ ވަކި ވަކި ކުޅުންތެރިންނަށް ބަލާއިރު ވެސް ކޮރެއާގެ ކުޅުންތެރިންނަށްވުރެ މޮޅު ކުޅުންތެރިން އުރުގުއޭގައި ތިބި ކަމަށެވެ. ވޫޔޮން ބުނީ ކޮރެއާގެ ކުޅުންތެރިންނަށް ކުރެވުނު އެންމެ ރަނގަޅު މަސައްކަތެއް ކުރާނެ ކަމަށާއި، ވަކި ވަކި ކުޅުންތެރިން ހުއްޓުވަން އުނދަގޫ ވެއްޖެ ނަމަ، އެއަށްވުރެ ގިނަ ކުޅުންތެރިނާއެކު ވެސް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އޭނާ ބުނީ ވަކި ވަކި ކުޅުންތެރިންގެ ފަރާތުން މާ ބޮޑު އުނދަގުލެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ގްރޫޕް އެޗްގައި ކޮރެއާ އާއި އުރުގުއޭ ބައްދަލު ކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހު ރާއްޖެ ގަޑިން 18:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙަފްޞީ ޢަބްދުالله
0%
0%
0%
100%
0%
0%
ކޮމެންޓް