ކ. މާލެ
|
23 ނޮވެންބަރ 2022 | ބުދަ 07:44
ޑޮނަލްޑް ޓްރަމްޕް
ޑޮނަލްޑް ޓްރަމްޕް
ސީ.އެން.އެން
ޑޮނަލްޓް ޓްރަމްޕް- އެމެރިކާ
ޓްރަމްޕްގެ ޓެކްސް ބަޔާންތައް ކޮންގްރެސްގެ ކޮމިޓީއަށް ދޫކުރުމަށް ހުރަހެއް ނެތް: ސުޕްރީމް ކޯޓު
ޓްރަމްޕްގެ އިތުރުން އޭނާގެ ބައެއް ކުންފުނިތަކުގެ މާލީ ރެކޯޑުތައް ދޫކުރެވޭނެ
ޓްރަމްްޕްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއްވެސް ތަހުގީގު ކުރަމުންދޭ
ޓްރަމްޕް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ރޭހުގައި ވާދަ ކުރައްވާނެކަމަށް ވިދާޅުވެފައި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މާލީ ބަޔާންތައް އެމެރިކާގެ ކޮންގްރެސްގެ ކޮމިޓީއަށް ދޫކުރުމަށް ހުރަހެއް ނެތްކަމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ޓްރަމްޕްގެ މާލީ ރެކޯޑުތައް ދޫކުރުމަށް ދަށު ކޯޓުން ކުރި އަމުރު ޓްރަމްޕްގެ ފަރާތުން އިސްތިއުނާފު ކުރުމުން، އަންގާރަ ދުވަހު އެ މައްސަލަ ޓްރަމްޕާ ދެކޮޅަށް ނިމިގެން ދިއުމާއެކު، އެތައް އަހަރެއް ވަންދެން ފޮރުވާފައި ހުރި ރެކޯޑުތައް ހާމަކުރަން މިވަނީ ޖެހިފައެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު ޓްރަމްޕްގެ އިތުރުން އޭނާގެ ބައެއް ކުންފުނިތަކުގެ މާލީ ރެކޯޑުތައް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ކޮމިޓީއަށް ދޫކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. އެއީ 2015 އިން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ހުރި ރެކޯޑުތަކެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން ޓްރަމްޕަކީ އެމެރިކާގެ 40 އަހަރުގެ މާޒީއަށް ބަލާއިރު، ވެރިކަމަށް ކުރިމަތިލެއްވުމަށްފަހު ޓެކްސް ބަޔާންތައް ހާމަ ނުކުރެއްވި ހަމައެކަނި ރައީސެވެ.

ވުމާއެކު، އެމެރިކާގެ "ހައުސް އޮފް ރިޕްރެޒެންޓޭޓިވްސް ވޭސް އެންޑް މީންސް ކޮމިޓީ" އިން ގެންދަނީ 2019 ވަނަ އަހަރުން ފެށިގެން އެ ރެކޯޑުތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އަނެއްކޮޅުން ނިމިދިޔަ ހަފްތާގައި ޓްރަމްޕް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ރޭހުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވައި، ރަސްމީކޮށް ކެމްޕޭނުވެސް ލޯންޗު ކުރައްވާފައެވެ.

ހަމައެއާއެކު، އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ގެންދަނީ ޓްރަމްްޕްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއްވެސް ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް