Advertisement
ކ. މާލެ
|
22 ނޮވެންބަރ 2022 | އަންގާރަ 16:35
ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވަނީ
ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވަނީ
ރައީސް އޮފީސް
ޑޮމިނިކަން ރިޕަބްލިކްގެ އައު ސަފީރު
ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ދެމެހެއްޓެނިވި ގޮތްތަކަށް ފަތުރުވެރިކަން ކުރިއެރުވުމާއި، ތިމާވެށީގެ ދާއިރާއާއި ކާރިސާތަކަށް ވިލުންތެރިކަން އިތުރުކުރުންފަދަ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައި

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ޑޭވިޑް އިމަނުއެލް ޕުސް ބަޗަލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ޑޮމިނިކަން ރިޕަބްލިކްގެ ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާ ޑޮމިނިކަން ރިޕަބްލިކާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށް ދެ ޤައުމުގެ ދެމެދު އޮތް ބަދަހިގުޅުމަށް 12 އަހަރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

Advertisement

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރާ ރައިސުލްޖުމްހޫރިއްޔާ ވަނީ ދެމެހެއްޓެނިވި ގޮތްތަކަށް ފަތުރުވެރިކަން ކުރިއެރުވުމާއި، ތިމާވެށީގެ ދާއިރާއާއި ކާރިސާތަކަށް ވިލުންތެރިކަން އިތުރުކުރުންފަދަ ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން އެއްބާރުލުންއިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާއި ކުރިމަގުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.

Advertisement

Advertisement
- ކޮމެންޓް